ޑރ ޢަލީ ޒާހިރުގެ ތާއީދު ޑރ މުޢިއްޒަށް
ޑރ ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.
ރާއްޖޭގެ ގިނަ ބަޔަކު ބަލައިގަނެފައިވާ ޢިލްމުވެރިއެއް ކަމަށްވާ ޑރ ޢަލީ ޒާހިރު ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑރ މުޢިއްޒުއާއި ބައްދަލުކުރައްވައި ވެރިކަމުގެ ތަޞައްވުރު ސާފުކުރައްވައިފި ކަމަށެވެ.
https://twitter.com/alizahirsaeed/status/1690216959252844544?t=nC8HXAddMETS3TMeMceS4A&s=19
"އެމަނިކުފާނާ މެދު އިތުބާރު އެބައޮތް، ހެޔޮވެރިކަމެއް ކޮށްދެވޭނެ ޢިލްމާއި ގާބިލުކަމާއި މަޑުމައިތިރި ރިވެތި ސިފަތައް އެބަހުރި އަޅުގަނޑުގެ ތާއީދު ޑރ. މުޢިއްޒުއަށް, މާތްﷲ އެ މަނިކުފާނަށް ކާމިޔާބު މިންވަރު ކުރައްވާށި" ޑރ ޢަލީ ޒާހިރު ވިދާޅުވެފައިވެއެވެ.
ޑރ ޢަލީ ޒާހިރުގެ އިތުރުންވެސް ބައެއް އެެހެން ޢިލްމުވެރިންވެސް ޑރ މުޢިއްޒުއަށް ތާއީދު ކުރައްވައި ތަޢުރީފް ކުރައްވައިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް