މެމްބަރު އަލީ ނިޔާޒު މަޖިލީހުގައި/ ފޮޓޯ: މަޖިލީސް
މެމްބަރު އަލީ ނިޔާޒު މަޖިލީހުގައި/ ފޮޓޯ: މަޖިލީސް
ހަބަރު 12 Nov 2023 | 08:08

ރިޔާސަތުން 49 މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތް މައްސަލަ ބަލަން ޖެހޭ: ނިޔާޒު

ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށައަޅާފައިވާ މައްސަލައިގެ ގަރާރު މަޖިލީހުގެ ރިޔާސަތުން ބޭރުކޮށްލުމަކީ މަޖިލީހުގެ 49 މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށައަޅާފައިވަނީ 49 މެމްބަރުންގެ ސޮޔާއެކުގައެވެ. އެ މައްސަލަ ހުށައެޅުމާއެކު ނަޝީދަށް ވަނީ މަޖިލީހުގެ ގަވައިދު ބަޔާންކުރާ 14 ދުވަހުގެ ނޯޓިސްވެސް ދީފައެވެ.

އެހެން ނަމަވެސް ނޯޓިސް މުއްދަތު ހަމަވުމާއެކު އެކު ބޭއްވި ފުރަތަމަ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހާޒިރުވެވަޑައިގެންފައި ނުވާތީއާއި، އެފަހުންވެސް އެ މައްސަލައާއި ގުޅިގެން ޖަލްސާއެއް ކުރިއަށް ގެންދެވޭގޮތް ނުވުމުން، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ކަނޑައަޅައިދިނުމަށް އެމްޑީޕީން ސުޕްރިމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅިއެވެ.

އެ މައްސަލަ ބައްލަވާ ސުޕްރިމް ކޯޓުން ނިންމެވީ މަޖިލީހުގެ ރައީސް ވަކިކުރަން ހުށައަޅާ މައްސަލަ ބައްލަވާ ޖަލްސާގެ ރިޔާސަތުގައި ނައިބުރައީސް އިނުން ލާޒިމް ނޫންކަމަށެވެ. އަދި ނައިބު ރައީސާއި ނުލާ ވެސް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެއާއެކު މިއަދު ޖަލްސާއެއް އެޖެންޑާކޮށް މަޖިލީހުގެ ރިޔާސަތުގައި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އިނަންނަވާ ފެއްޓެވިއެވެ.

އެހެން ނަމަވެސް ޖަލްސާ ހަމަ ފެއްޓެވުމާއެކު ދަ ޑިމޮކްރެޓސްއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ ނިކުތާއެއް ނަންގަވާ އިތުބާރު ގަރާރު ހުށައަޅާފައިވަނީ ގަވައިދާއި ޚިލާފަށްކަމަށާއި، ގަވައިދުގައި ބުނާ ސިފަތައް އެ ގަރާރުގައި ފުރިހަމަނުވާކަން ފާހަގަކޮށް އެ ގަރާރު ބަލައިނުގަތުމަށް ރިޔާސަތަށް ދަންނަވާފައެވެ.

ޑިމޮކްރެޓސްގެ ގިނަ މެމްބަރުން އާޒިމްގެ އެ ނިޒާމީ ނުކުތާއަށް ތާއީދުކޮށްފައިވާއިރު، އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުން މިއަދު ވަނީ އެ ގަރާރު ބަލައިނުގަތުމަށް އެދި މަޖިލީހުގައި އިހުތިޖާޖު ވެސް ކޮށްފައެވެ.

ނިޒާމީ އޮއިވަރެއްގައި ޖެހި، މިއަދުގެ ޖަލްސާވެސް ހޫނުވެގެން ގޮސްފައިވަނިކޮށް، ރިޔާސަތުގައި އިންނަވާ އަފީފު ނިންމެވީ އެ ގަރާރު މަޖިލީހުގައި ގަވައިދާއި ޚިލާފުކަމަށެވެ. އެއާއެކު އޭނާ ވަނީ ޖަލްސާ ނިންމަވާލެއްވުމަށްފަހު ވަޑައިގެންފައެވެ.

އެކަމަށް އިޝާރާތްކުރައްވާ ނިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުގެ ޖަލްސާގައި ރިޔާސަތުން މަޖިލީހުގެ 49 މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލާ ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

"މިއަދު ބޭއްވި ރައްޔިތުން މަޖްލިސްގެ ޖަލްސާގަ މަޖްލިސްގެ ރިޔާސަތުން އަމަލު ކުރިގޮތުން މަޖްލިސްގެ 49 މެމްބަރުންގެ އިމްތިޔާޒަށް އަރައިގަނެފައިވަތީ އެމައްސަލަ މަޖްލިސްގެ ކަމާބެހޭ ކޮމިޓީން ބަލާ ފިޔަވަޅު އަޅަންޖެހޭ"

މެމްބަރު އަލީ ނިޔާޒު

ނިޔާޒުގެ އިތުރުން ވެސް އެމްޑީޕީގެ ގިނަ މްމެބަރުން ވަނީ މިއަދު މަޖިލީހުގެ ރިޔާސަތުން އަމަލުކުރި ގޮތާއި ގުޅިގެން ނުރުހުން ފާޅުކޮށްފައެވެ.

އެގޮތުން އެމްޑީޕީގެ މެމްބަރުން ވަނީ މަޖިލީހުގެ އަގުލަބިއްޔަތަށް އިތުބާރު ނެތް ބޭފުޅަކު ރިޔާސަތުގައި އިދިގެން ނުވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ސުޕްރިމް ކޯޓުގެ ނިންމެވުމަށް އިޚްތިރާމުކޮށް އެ މައްސަލައިގެ ވޯޓު ނެގުމަށް މެމްބަރުން ވަނީ ގޮވާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރަކާއި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.