ނޫމަރާ ކައުންސިލް ނައިބް ރައީސާ އިތުރު މެމްބަރަކު ޕީއެންސީއަށް ސޮއިކޮށްފި
ށ. ނޫމަރާ ކައުންސިލް ނައިބް ރައީސާ އިތުރު މެމްބަރަކު ޕީއެންސީއަށް ސޮއިކޮށްފިއެވެ.
ޕީއެންސީއާއި ގުޅުނު ދެ މެމްބަރަކުންނަކީ ނޫމަރާ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ރަޝީދުއާއި، ކައުންސިލްގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު ސިތުރާ އަލީއެވެ.
ޕިއެންސީ ޕާޓީއަށް ސޮއިކޮށް މިދެބޭފުޅުންގެ ފޯމް ހަވާލު ކުރެއްވީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމާއެވެ.
ނޫމަރާ އަކީ އެމްޑީޕީއަށް ތާއީދު ބޮޑު ރަށެއް ނަމަވެސް ވެރިކަން ގެއްލި އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލް ތަފާތުވުުންތަކާއިއެކު އެރަށުގެ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންދަނީ އެޕާޓީން ވަކިވަމުންނެވެ. އަދި ނޫމަރާގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅު ތަކުން ޕީއެންސީއާއި ގުޅޭ މެމްބަރުންގެ އަދުދަނީ އިތުރު ވަމުންނެވެ.
ރައީސް ޑރ. މުއިއްޒު ނިސްބަތްވާ އެމަނިކުފާނު ރައީސްކަން ކުރައްވާ އެޕާޓީގެ މެމްބަރުންގެ އަދަދު އިތުރު ކުރުމަކީ ޑރ. މުއިއްޒު ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް