އަލަވޭސް ކޮޅަށް ލަނޑުޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާފާޅުކުރަނީ
އަލަވޭސް ކޮޅަށް ލަނޑުޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު 12 Nov 2023 | 18:56

ލެވަންޑޮވްސްކީގެ ދެލަނޑާއެކު އަލަވޭސް އަތުން ބާސެލޯނާއަށް އުނދަގޫ މޮޅެއް

ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލަވޭސް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލަވޭސް އިންނެވެ. މިލަނޑު މެޗުގެ ފުރަތަަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ސަމޫ އޮމޮރޮޑިއަން އެވެ. މިއީ އެޓީމުގެ ޖާވީ ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަލަވޭސްގޭ ލަނޑަށްފަހު ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ބާސެލޯނާގެ ޖޮއާއު ފެލިކްސް ގެ އިތުރުން ރޮބަޓް ލެވަންޑޮވްސްކީ އަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުކުރެވި ފުރަތަމަ ހާފު ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލަވޭސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ބާސެލޯނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން 8 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ރޮބަޓް ލެވަންޑޮވްސްކީ އެވެ.

ބާސެލޯނާ މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ ކުޅުން 78 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރޮބަޓް ލެވަންޑޮވްސްކީ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 13 މެޗުން ބާސެލޯނާ އަށް 30 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލަވޭސް ލީގުގައި ކުޅުނު 13 މެޗުން ލިބުނު 12 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 15 ވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

ރަފީނިއާގެ ލަނޑުތަކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި
20 Sep 2026 ކުޅިވަރު

ރަފީނިއާގެ ލަނޑުތަކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ އާއި ސެވިއްޔާ ބައްދަލުކުރިމެޗް ބާސެލޯނާ ކާމިޔާބުކޮށް މި ސީޒަނުގައި އެޓީމް މޮޅުވަމުން އައުމުގެ  ރެކޯޑް ދަމަހައްޓައިފިއެވެ. ރޭގެ މެޗްގައިވެސް ތަރިއަކަށްވީ ބްރެޒިލްގެ ރަފީ...

ރަފީނިއާގެ ހެޓްރިކާއެކު ބާސާއަށް ބޮޑު މޮޅެއް
17 Sep 2026 ކުޅިވަރު

ރަފީނިއާގެ ހެޓްރިކާއެކު ބާސާއަށް ބޮޑު މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ ރޭސިން ސަންޓަންޑާ އަތުން 7-2 ގެ މޮޅެއް ހޯދައި، ބާސެލޯނާ އިން ރެކޯޑެއް ހަދައިފިއެވެ. ރޭސިން އާ ދެކޮޅަށް ކުޅުނުމެޗުން ބާސެލޯނާ މޮޅުވުމާއެކު އެޓީމަށް ވަނީ ލީގްގެ ފުރަތަމަ 7 މެޗުން ...

އޮސަސޫނާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި
17 Sep 2026 ކުޅިވަރު

އޮސަސޫނާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި

ސްޕެނިޝް ލަލީގާގައި ރޭ އޮސަސޫނާގެ މައްޗަށް 4-0 ގެ ފަސޭހަ މޮޅެއް ހޯދައި، އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ ތިންވަނަ ޖެހިލައިފިއެވެ. އެތުލެޓިކޯގެ އަމިއްލަ ދަނޑު ކަމަށްވާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނ...

ފަހު ވަގުތު އެސްޕީ ޖެހި ލަނޑާއެކު، ލެވަންޓޭއަތުން ރެއާލް މެޑްރިޑަށް މުހިންމު މޮޅެއް
16 Sep 2026 ކުޅިވަރު

ފަހު ވަގުތު އެސްޕީ ޖެހި ލަނޑާއެކު، ލެވަންޓޭއަތުން ރެއާލް މެޑްރިޑަށް މުހިންމު މޮޅެއް

ލަލީގާގައި ރޭ އެލްޗޭގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދައި ރެއާލް މެޑްރިޑުން ތާވަލުގެ ކުރިއަށް ޖެހިލައިފިއެވެ. މިއީ މި ސީޒަނުގެ ލީގުގައި ރެއާލް މެޑްރިޑުން ހޯދި ފަސްވަނަ މޮޅެވެ. އެލްޗޭގެ ދަނޑުގައި ...

ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
14 Sep 2026 ކުޅިވަރު

ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި

ސްޕެނިޝް ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ލެވަންޓޭ ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ބާސެލޯނާއިން ހަމަޖެހިލައިފިއެވެ. ލެވަންޓޭގެ ދަނޑުގައި ކުޅުނު މި މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކ...