އެފްޑީސީގެ ޓަވަރެއް.. ފޮޓޯ: ވޮއިސް
އެފްޑީސީގެ ޓަވަރެއް.. ފޮޓޯ: ވޮއިސް
ހަބަރު 03 Oct 2026 | 05:18

އެފްޑީސީގެ ޓަވަރުތަކުގައި ހަވާލުނުކުރެވި ހުރި އެޕާޓްމަންޓްތަކުގެ އަދަދު 74 ގައި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ އަމާން ދޯދި އަދި އަމާން އުދަރެހުގެ 4،000 ހައުސިން ޔުނިޓްގެ ތެރެގައި ހިމެނޭ ބައެއް ޔުނައިޓްތައް އެއްކޮށް އަދިވެސް ހަވާލުކޮށް ނުނިމޭކަމަށް  އެފްޑީސީން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެފްޑީސީން އާއްމުކުރި މައުލޫމާތަށް ބަލާއިރު، ތަފާތުއެކި ސަބަބުތަކާހެދި 74 ހައުސިން ޔުނިޓް އަދި ހަވާލުނުކުރެވި އަދި އެބައޮތެވެ. ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ތެރޭގައި ހިމެނެނީ ޤާނޫނީ ގޮތުންނާއި އެނޫންވެސް ބައެއް ސަބަބުތަކާހެދި ހަވާލުނުކުރެވި ހުރި ޔުނިޓްތަކެވެ.

އެފްޑީސީން ވަނީ 4،000 ހައުސިން ޔުނިޓްގެ ތެރެއިން 3،926 ޔުނިޓް ހަވާލުކޮށްފައެވެ. އެފްޑިސީގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި މި ޔުނިޓްތަކަށް ބަލާއިރު، މީގެ ކުރިން ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ތަންތަނަށްވުރެ އެފްޑީސީގެ ޔުނިޓްތަކުގެ ކުލި ދެއްކުމުގެ ރޭޓް ރަނގަޅުަކަމަށް އެ ކުންފުނިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާލުމުން އެނގެއެވެ. އެފްޑީސީން އާއްމުކުރި މައުލޫމާތަށް ބަލާއިރު ހަތަރުހާސް ޔުނިޓްގެ ތެރެއިން ގަވާއިދުން ކުލިދައްކާ ޔުނިޓްތަކުގެ ޖުމްލަ އަދަދު 3،362 ޔުނިޓުގައި އުޅޭއިރު ގަވާއިދުން ކުލި ނުދައްކާ ޔުނިޓްތަކުގެ އަދަދު އުޅެނީ، 564 ގައެވެ.

ބޯހިޔާވަހިކަމުގެ އެކިއެކި ސްކީމްތަކުން ދޫކޮށްފައިވާ ފްލެޓްތަކަށް ކުލި ނުދައްކާ އުޅޭ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑެވެ. މި މައްސަލަ ބޮޑުވެ، އެންމެފަހުން ކުލި ނުދައްކާ ފަރާތްތަކަށް ލޯނު ނުނެގޭގޮތަށް އުސޫލެއް ގާއިމްކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އެޗްޑީސީން ބަލަހައްޓަމުންދާ ހިޔާ ޓަވަރުތަކަށް އެކަނި ބަލާލިނަމަވެސް މިދިޔަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ކުލީގެ ގޮތުގައި އެޗްޑީސީއަށް 890 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.