ލެޕްޓޮޕް ވަގަށް ނެގުމަށްފަހު މާފުގެ އީމެއިލްއެއް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކޮލެޖުގެ ދަރިވަރެއްގެ ލެޕްޓޮޕް ވަގަށްނެގުމަށްފަހު، އެކަމަށްޓަކައި ވަގަކު މައާފަށް އެދެފިއެވެ.
ސްޓީވީ ވެލަންޓައިން ނަމަކަށް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ވާގޮތުގައި އޭނާއާއި އެއް ފްލެެޓެއްގައި ދިރިއުޅޭ ކުއްޖެއްގެ ލެޕްޓޮޕް ވަގަކު، ވައްކަން ކުރުމަށްފަހު ވަނީ އެކަމަށް މައާފަށް އެދި އީމެއިލްއެއް ފޮނުވާފައެވެ. މި އީމެއިލް ފޮނުވި ވަގަކީވެސް ލެޕްޓޮޕްގެ ވެރިޔާ ފަދައިން ކޮލެޖެއްގެ ދަރިވަރެއްކަން ފާހަގަކޮށްލެވެއެވެ.
މި އީމެއިލްގައި ވަނީ ލެޕްޓޮޕް ވަގަށް ނެގި ކަމަށްޓަކައި މައާފަށް އެދި، ބޭނުންވެއްޖެ ނަމަ ލެޕްޓޮޕްގައި ހުރި ފައިލްތައްވެސް ފޮނުވައިދޭނެކަމަށް ވަނީ ބުނެފައެވެ. އަދި ލެޕްޓޮޕް ވަގަށްނެގީ މާލީ ހާލަތު ހުރިގޮތުންކަމަށްވެސް އެވަގު ވަނީ ބުނެފައެވެ.
މި ޓްވީޓް، ޓްވިޓަރގެ ތެރޭގައި ވަނީ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. އަދި އެ ވަގަކީ "ތެދުވެރި" ވަގެއްގެ ގޮތުގައި ވެސް ގިނަބަޔަކު ވަނީ ސިފަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް