ގަދަވައިގައި ޣައްޒާގެ ޓެންޓް ހަލާކުވެފައި: ފޮޓޯ/ އަލްޖަޒީރާ
ގަދަވައިގައި ޣައްޒާގެ ޓެންޓް ހަލާކުވެފައި: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ 14 Jan 2026 | 03:07

ގަދަ ފިނީގެ ސަބަބުންނާއި އިމާރާތްތައް ވެއްޓުމުގެ ސަބަބުން ޣައްޒާގެ ފަސް މީހުން މަރުވެއްޖެ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ޤަތުލުޢާއްމުގައި ސުންނާފަތިކޮށްލާފައިވާ ޢިމާރާތްތައް ވެއްޓުމުގެ ސަބަބުން މަދުވެގެން ފަސް މީހުން މަރުވެ، ފިނީގެ ސަބަބުން އިތުރު ކުދިންތަކެއްގެ ފުރާނަ ގޮސްފިއެވެ.

ޣައްޒާގެ ސިއްހީ އޮފިޝަލުން ހާމަކުރި ގޮތުގައި، އަންގާރަ ދުވަހު މަރުވި މީހުންގެ ތެރޭގައި ދެ އަންހެނުންނާއި، އަންހެން ކުއްޖެއްގެ އިތުރުން ފިރިހެނަކު ހިމެނެއެވެ. މީގެ ތެރެއިން ތިން މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ބައެކެވެ.

އެގޮތުން ޣައްޒާ ސިޓީގެ އައްސޭރިފަށުގައި ހުރި ފޭލިގެއެއްގެ މައްޗަށް 8 މީޓަރުގެ އުސް ފާރެއް ވެއްޓި މަރުވީ އުމުރުން 72 އަހަރުގެ މުޙައްމަދު ޙަމޫދާ އާއި، އޭނާގެ 15 އަހަރުގެ ކާފަ ދަރިފުޅުގެ އިތުރުން އޭނާގެ ދަނބިދަރިފުޅެވެ.

ފިނީގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަލާއިރު، އެއް އަހަރުގެ ފިރިހެން ކުއްޖަކު ހައިޕޯތާމިއާ (ގަދަ ފިނީގެ ސަބަބުން ހަށިގަނޑުގެ ހޫނުމިން ދަށްވުން) ޖެހިގެން މަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، އެކަށީގެންވާ ހިޔާވަހިކަމެއް ނެތުމުގެ ސަބަބުން ހޯމަ ދުވަހުގެ ރޭ ވެސް ދެ ކުޑަކުދިން މަރުވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އޮކްޓޫބަރު 10 އިން ފެށިގެން ޤަތުލްޢާއްމު ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ދަނީ ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީއާއި ހިޔާވަހިކަން ގާއިމުކުރުމަށް ބޭނުންވާ ތަކެތި އެތެރެކުރުމަށް ހުރަސް އަޅަމުންނެވެ.

މިކަމުގެ ސަބަބުން ގިނަ ބަޔަކު ދިރިއުޅެމުންދަނީ ވަގުތީ ފޭލިގެތަކުގައެވެ. އަންގާރަ ދުވަހުގެ ގަދަ ވަޔާއެކު އެތައް ސަތޭކަ ފޭލިގެއެއް ވަނީ ވަޔާ ގޮސްފައެވެ.

ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވިދާޅުވި ގޮތުގައި، ޤަތުލްޢާއްމު ހުއްޓާލި ފަހުން ވެސް 100 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައެވެ. އަދި މި ފިނި މޫސުމުގައި މިހާތަނަށް ހަ ކުދިން ފިނީގެ ސަބަބުން މަރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޣައްޒާގެ މަދަނީ ދިފާއީ ބާރުގެ ތަރުޖަމާނު މަޙްމޫދު ބާސަލް ވަނީ، އިސްރާއީލުގެ އުދުވާނުގެ ސަބަބުން ހަލާކުވެފައިވާ އިމާރާތްތަކަކީ ކޮންމެ ވަގުތެއްގައިވެސް ވެއްޓިދާނެ ތަންތަން ކަމަށްވާތީ، އެފަދަ ތަންތަނަށް ހިޔާވަހިކަން ހޯދަން ނުވަނުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ހަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަގުވާމީ މުޖުތަމައުން ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނުކުޅެދިފައިވާ ކަމަށާއި، މިއީ އިންސާނީ ތާރީޚު ދުށް އެންމެ ބިރުވެރި ނަސްލު ނައްތާލުމުގެ އަމަލު ކަމަށެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ މިއީ އިންސާނުން ރާވައިގެން ހިންގާ އިންސާނީ ކާރިސާއެއް ކަމަށް ސިފަކޮށް، އެއްވެސް ޝަރުތަކާ ނުލައި އެހީ އެތެރެކުރުމަށް އިސްރާއީލަށް ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
06 Oct 2026 ދުނިޔެ

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި

ހުޅަނގު އައްސޭރީގެ ފަލަސްތީނު އަވަށެއް ކަމަށްވާ، ފަސާޔިލްގެ ފަލަސްތީނު ދަނޑުވެރިއެއްގެ އަމިއްލަ ބިމުގައި އޮންނަ ފެން ރައްކާކުރާ ތަނެއް "ހެރޮޑްސް ޕޫލް"ގެ ނަމުގައި ތަރައްގީކުރުމުގެ މަސައްކަތް އިސްރާއީލު...

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި
02 Oct 2026 ދުނިޔެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ޢުދުވާނީ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 105 މީހެއްގެ ހަށިގަނޑު އިމާރާތްތަކުގެ ދަށުން ހޯދައި، އެމީހުންގެ ޖަނާޒާ ބާއްވައި ފަސްދާނުލައިފިއެވެ. ފަލަސްތީނުގެ ރަސްމީ...

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި
28 Sep 2026 ދުނިޔެ

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި

ޣައްޒާގައި ބޮޑު ޤަތުލުޢާއްމެއް ހިންގަމުންދާ އިސްރާއީލުގެ ބޮޑުވަޒީރު، ނިރުބަވެރި ބެންޖަމިން ނަތަންޔާހޫ ސިއްރު ދަތުރެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީއަށް ގޮސް އެ ޤައުމުގ...

ޣައްޒާގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށް އަޔަލެންޑްގެ ކީޕަރު ސްކޮޑުން ވަކިވިއިރު، ޓީމުން އިސްރާއީލާ ދެކޮޅަށް ނުކުތީ ކަޅު ބޭންޑުގައި
28 Sep 2026 ކުޅިވަރު

ޣައްޒާގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށް އަޔަލެންޑްގެ ކީޕަރު ސްކޮޑުން ވަކިވިއިރު، ޓީމުން އިސްރާއީލާ ދެކޮޅަށް ނުކުތީ ކަޅު ބޭންޑުގައި

ހަންގޭރީގެ ނަގްޔެރްދޭ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުގައި، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމާ ދެކޮޅަށް އަޔަލެންޑްގެ ޤައުމީ ފުޓްބޯޅަ ޓީމުން ހިމޭން އިހ...

އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި: ފަލަސްތީން
26 Sep 2026 ހަބަރު

އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި: ފަލަސްތީން

އދ. ގެ ތެރެއިން ފަަލސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި ކަމަށާއި މިކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާ އަދާކުރުމަށް އެ އިދާރާގައި ހުންނަ ފަލަސްތީނުގެ މިޝަނުންގޮވާލައިފިއެވެ. އ...