އަޔަލޭންޑް ޓީމުގެ ކުޅުންތެރިން
އަޔަލޭންޑް ޓީމުގެ ކުޅުންތެރިން
ކުޅިވަރު 28 Sep 2026 | 03:45

ޣައްޒާގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށް އަޔަލެންޑްގެ ކީޕަރު ސްކޮޑުން ވަކިވިއިރު، ޓީމުން އިސްރާއީލާ ދެކޮޅަށް ނުކުތީ ކަޅު ބޭންޑުގައި

ހަންގޭރީގެ ނަގްޔެރްދޭ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުގައި، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމާ ދެކޮޅަށް އަޔަލެންޑްގެ ޤައުމީ ފުޓްބޯޅަ ޓީމުން ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

މި މެޗު ފެށުމުގެ ކުރިން އާންމުކޮށް ބާއްވާ ރަސްމިއްޔާތުގެ ބައެއް ކަންކަމުގައި އަޔަލެންޑްގެ ކުޅުންތެރިން ބައިވެރިއެއް ނުވެއެވެ. އެގޮތުން، ދެ ޓީމުގެ ކެޕްޓަނުންގެ މެދުގައި ބަދަލުކުރާ ޕެނަންޓް (ރަމްޒީ ދިދަ) ބަދަލުކުރުމަށް އަޔަލެންޑްގެ ކެޕްޓަން ދާރާ އޯޝޭ ވަނީ ދެކޮޅު ހަދާފައެވެ.

މީގެއިތުރުން، ފަލަސްޠީނުގެ ޣައްޒާގައި ޝަހީދުވަމުންދާ ކުށެއްނެތް ރައްޔިތުންގެ ހަނދާނުގައި އަޔަލެންޑްގެ ކުޅުންތެރިން މެޗު ކުޅެފައިވަނީ ކަޅުކުލައިގެ ބޭންޑް އަޅައިގެންނެވެ.

މި މެޗު 3-0 ކާމިޔާބު ކުރީ އަޔަލޭންޑްގެ ޓީމުންނެވެ.

މި މެޗު ކުޅުމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން އަޔަލެންޑް ޓީމުގެ އެއްވަނަ ގޯލްކީޕަރު ގެވިން ބަޒޫނޫ ވަނީ ސްކޮޑުން ވަކިވެ، މެޗު ނުކުޅެން ނިންމާފައެވެ. ސޯޝަލް މީޑިއާގައި އޭނާ ހާމަކުރި ގޮތުގައި، ކުށެއްނެތް އާންމު ރައްޔިތުން ޤަތުލުކުރުމާ އޭނާ ދެކޮޅު ކަމަށާއި، އަމިއްލަ ޟަމީރު ޤަބޫލުނުކުރާތީ އިސްރާއީލާ ދެކޮޅަށް ކުޅެން ބޭނުންނުވީ ކަމަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް އަޔަލެންޑް (އެފްއޭއައި) ގެ ސީއީއޯ ޑޭވިޑް ކޯރެލް ވިދާޅުވީ، ޣައްޒާގައި ހިނގަމުންދާ ޤަތުލްއާއްމުގައި ގެއްލިގެންދާ ފުރާނަތަކުގެ ހައްޤުގައި އަޑުއުފުލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި މެޗުންނާއި ކުރިއަށް އޮތް މެޗުތަކުން ކުޅުންތެރިންނަށް ލިބޭ އެލަވަންސްތަކުން ޚާއްޞަ ޗެރިޓީ އެހީއެއް ފޯރުކޮށްދިނުމަށް ކުޅުންތެރިން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޔަލެންޑް ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، އިސްރާއީލުން ހިންގާ ޖަރީމާތަކާ ގުޅިގެން ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތްތަކުން އެ ޖަމާއަތް ބޭރުކުރުމަށް އަޔަލެންޑުން ޔުއެފާގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެ ނިންމުން ފާސްނުވުމުން، މެޗު ކުޅެން މަޖުބޫރުވީ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.