އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
އިސްރާއީލުން ގައްޒާއަށް ދެކޮޅަށް ކުރިއަށް ގެންދާ ޤަތުލުއާންމުގައި މަރުވި މީހުންގެ އަދަދު މަދުވެގެން 74,494 އަށް އަރާފައިވާ ކަމަށް ގައްޒާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175,604 މީހަކަށް އަނިޔާވެފައިވެއެވެ.
2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަނގުރާމަ ހުއްޓައިލުމަށް ވެވުނު ކަމަށް ބުނާ އެއްބަސްވުމަށް ފަހުގައިވެސް، 1,534 ފަލަސްތީނު ރައްޔިތަކު މަރުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ މުއްދަތުގައި 5,486 މީހަކަށް އަނިޔާވެފައިވާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ކުނިކޮތަޅުތަކުގެ ދަށުން 846 ހަށިގަނޑެއް ނެގިފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީގެ މައުލޫމާތުގައިވާ ގޮތުން، ފަހު 24 ގަޑިއިރުގެ ތެރޭގައި ހަތް މީހަކު މަރުވެ، 24 މީހަކަށް އަނިޔާވެފައިވެއެވެ.
ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ގައްޒާގައި ފަލަސްތީނު ރައްޔިތުން މަރުވުމާއި އަނިޔާވުން ހުއްޓިފައި ނުވާކަން ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް