ޖަނާޒާގެ ތެރެއިން- ފޮޓޯ/ އަލްޖަޒީރާ
ޖަނާޒާގެ ތެރެއިން- ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ 02 Oct 2026 | 05:46

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ޢުދުވާނީ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 105 މީހެއްގެ ހަށިގަނޑު އިމާރާތްތަކުގެ ދަށުން ހޯދައި، އެމީހުންގެ ޖަނާޒާ ބާއްވައި ފަސްދާނުލައިފިއެވެ.

ފަލަސްތީނުގެ ރަސްމީ ޚަބަރު ފަތުރާ ވަފާ އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމީހުންގެ މައްޗަށް ކަށުނަމާދު ކުރުމަށްފަހު ފަސްދާނުލާފައިވަނީ ޣައްޒާ ސިޓީގެ އުތުރު ހުޅަނގުގައި އޮންނަ ޝައިޚް ރަޟްވާން އަވަށުގެ ޝަހީދުންގެ ގަބުރުސްތާނުގައެވެ. މި ޖަނާޒާގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

މި ހަށިގަނޑުތަކަކީ އޮކްޓޫބަރު 25، 2023 ގައި އިސްރާއީލުން ޔަރްމޫކް މައިދާނުގައި ހުރި ހަތް ބުރީގެ އަލް-ތާޖް 3 އިމާރާތާއި ކައިރީގައި ހުރި އެހެން ގެތަކަށް އަމާޒުކޮށް 20 އަށް ވުރެ ގިނަ ބޮން އަޅައި ބިމާހަމަކޮށްލި ހާދިސާގައި ޝަހީދުވި މީހުންގެ ހަށިގަނޑުތަކެވެ. ޝަހީދުވި ގިނަ މީހުންނަކީ ޣައްޒާގެ އުތުރުން ގެދޮރު ގެއްލިގެން ރައްކާތެރިކަން ހޯދުމަށް އާއިލާތަކުގެ ގާތަށް އައިސް ތިބި އާންމުންނެވެ.

ޣައްޒާގެ ސިވިލް ޑިފެންސުން ބުނި ގޮތުގައި އިމާރާތްތަކުގެ ދަށުން ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކޮށްފައިވަނީ މިސްރުގެ ކޮމިޓީއަކާ ގުޅިގެންނެވެ. މިއީ ޤަތުލްއާއްމު ފެށުނު ފަހުން މިހާތަނަށް އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ހަށިގަނޑު ފެނިގެން ނެގުނު ފަސްވަނަ އޮޕަރޭޝަނެވެ.

ސިވިލް ޑިފެންސް އޮޕަރޭޝަންސްގެ ޑިރެކްޓަރު އަބްދުލް އަލް-މަޖްދަލާވީ ވިދާޅުވީ، ހަމަލާ ދިން ދުވަސްވަރު އެ ހަށިގަނޑުތައް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ މަސައްކަތް ކުރުމަށް ބޭނުންކުރާ ބުލްޑޯޒަރުތަކާއި ވެހިކަލްތަކަށް އިސްރާއީލު ސިފައިން ގަސްދުގައި ހަމަލާދީ ހަލާކުކޮށްލަމުން ދިއުމެވެ.

މި ހަމަލާގައި އެއް އާއިލާއަކުން 37 މީހުން ޝަހީދުވި އުސާމާ ޝަރަފް ބުނި ގޮތުގައި، ހަނގުރާމައިގެ ކުރީކޮޅު ބައެއް މީހުންގެ ހަށިގަނޑު ފެނުނު ނަމަވެސް، އޭނާގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ އެންމެން ހިމެނޭހެން އާއިލާގެ 16 މީހެއްގެ ހަށިގަނޑު ފެނުނީ މިފަހަރުއެވެ.

ފާއިތުވި އަހަރު ގަތުލްއާއްމު ހުއްޓާލުމަށް އެއްބަސްވުމެއް ގާއިމުކުރެވުނު ނަމަވެސް، އިސްރާއީލުން ގެންދަނީ އެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވެ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވެސް އިސްރާއީލުގެ ހަމަލާތަކުގައި ނޫސްވެރިއަކާއި ކުޑަކުއްޖަކު ހިމެނޭހެން 8 މީހުން ޝަހީދުވެފައިވެއެވެ. އަދި ގަތުލްއާއްމު ”ހުއްޓާލި“ ފަހުން ވެސް އިސްރާއީލުގެ ހަމަލާތަކުގައި 1،431 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...