ފަލަސްތީނު ދަނޑުވެރިޔާގެ ބިމުގެ ހާލަތު މިހާރު؛ ފޮޓޯ / އަލްޖަޒީރާ
ފަލަސްތީނު ދަނޑުވެރިޔާގެ ބިމުގެ ހާލަތު މިހާރު؛ ފޮޓޯ / އަލްޖަޒީރާ
ދުނިޔެ 06 Oct 2026 | 12:37

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި

ހުޅަނގު އައްސޭރީގެ ފަލަސްތީނު އަވަށެއް ކަމަށްވާ، ފަސާޔިލްގެ ފަލަސްތީނު ދަނޑުވެރިއެއްގެ އަމިއްލަ ބިމުގައި އޮންނަ ފެން ރައްކާކުރާ ތަނެއް "ހެރޮޑްސް ޕޫލް"ގެ ނަމުގައި ތަރައްގީކުރުމުގެ މަސައްކަތް އިސްރާއީލުން ފަށައިފިއެވެ.

އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާދީއްތަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް މި މަޝްރޫއު ފެށިކަން އިއުލާނުކޮށް، ތާރީހީ ތަންތަނުގެ މައްޗަށް އިސްރާއީލުގެ ބާރު ހިންގުން ވަރުގަދަކުރުމުގެ ބޮޑު ޕްލޭނެއްގެ ބައެއް ކަމަށް ސިފަކޮށްފައިވެއެވެ. ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިވެގެން ތިބޭ ބައެއް ކަމަށްވާ ސްމޮޓްރިޗް ޕޯސްޓުގައި ފަލަސްތީނު ބިން ފަތަހަކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މި އިއުލާނުގެ ކުރިން ޖޫން މަހު ސްމޮޓްރިޗް ވަނީ، މި ސައިޓު ތަރައްގީކުރުމަށް ތިން މިލިއަނަށް ވުރެ ގިނަ ޝެކެލް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށް ވައުދުވެފައެވެ.

މި ފެންގަނޑު އޮންނަނީ ފަލަސްތީނު ދަނޑުވެރިޔާ ސައުދު ނިމެރުގެ އާއިލާއަށް މިލްކުވެފައިވާ ބިމެއްގައެވެ. ނިމެރު ބުނި ގޮތުގައި، އޭނާގެ ކާފަ މީގެ ގަރުނަކަށް ވުރެ ކުރިން އެ ބިން ގަނެފައިވެއެވެ. ރޮއިޓާސް ނޫސް އެޖެންސީން ބެލި ލިޔެކިޔުންތަކުންނާއި އިސްރާއީލުން ދޫކޮށްފައިވާ ރެކޯޑުތަކުން ވެސް އެ އާއިލާގެ މިލްކުވެރިކަމަށް ބާރު ލިބެއެވެ. ނިމެރު ބުނި ގޮތުގައި، ޔަހޫދީ ވަޒަންވެރިން ތަކުރާރުކޮށް އޭނާގެ ދަނޑުތަކުން ފެން ފެންގަނޑަށް އަނބުރާލައި އެތަނުގައި ފެންވެރުމަށް ބޭނުންކޮށްފައިވެއެވެ. އެ މީހުން އޭނާގެ ދަނޑުވެރިކަމުގެ ހޮޅިތައް ވަގަށް ނެގުމުގެ ސަބަބުން ދަނޑުބިން ހިކި ގްރީންހައުސްތައް ހުސްވެފައިވާ ކަމަށް ނިމެރު ބުންޏެވެ. އެއާއެކު، ވަޒަންވެރިން އޭނާއަށް ބިރު ދައްކައި އޭނާގެ މުވައްޒަފަކަށް ހަމަލާ ދީ ގެއްލުން ދީފައިވެސް ވެއެވެ.

ހުޅަނގު އައްސޭރީގެ ކަންކަން ހިންގާ އިސްރާއީލުގެ ސިފައިންގެ ފަރާތެއް ކަމަށްވާ ކޮގެޓް (ހުޅަނގު އައްސޭރީގެ ކަންކަން ވިލަރެސްކުރާ ސިފައިންގެ އިދާރާ) އިން ވަނީ ފެން ހުއްދައަކާ ނުލައި އެހެން ދިމާއަކަށް ފޮނުވި ކަމަށް ގަބޫލުކޮށް، ތަހުގީގެއް ހިންގާނެ ކަމަށް ބުނެފައެވެ. ނިއު ޔޯކް ޓައިމްސް ނޫހާ ވާހަކަ ދައްކަމުން ނިމެރު ބުނީ، ކޮގެޓުން ފެން އިއާދަކުރާނެ ކަމަށް ބުނި ނަމަވެސް، އެންމެ ދުވަހެއް ފަހުން ފެން އަނެއްކާ ވެސް ކެނޑިގެން ދިޔަ ކަމަށެވެ. ވަޒަންވެރިންގެ ފަރާތުން ލިބިދާނެ އަނިޔާއަކަށް ޖެހިލުންވެ, ހޮޅިތައް ގުޅުވުމަށް ފެންގަނޑާ ކައިރިއަށް ދާން ވެސް މިހާރު ބިރުގަންނަ ކަމަށް ނިމެރު ބުންޏެވެ.

ފެންގަނޑު ކައިރީގައި ގުދުރަތީ ފެންއާރެއް ހުރި ނަމަވެސް، ފުރަތަމަ ގަރުނުގެ ކުރިން ރަސްކަން ކުރެއްވި ހެރޮޑް ރަސްގެފާނުގެ ޒަމާނުގައި މި ފެންގަނޑު ބެހެއްޓި ކަމެއް ފަންނީ ގޮތުން ކަށަވަރުވެފައެއް ނުވެއެވެ. ސަގާފީ ތަރިކައިގެ ހައްގުތައް ހިމާޔަތްކުރާ އިސްރާއީލުގެ ޖަމިއްޔާ އެމެކް ޝާވެހްގެ އެގްޒެކެޓިވް ޑައިރެކްޓަރު އަލޮން އާރާދު ރޮއިޓާސް އަށް ބުނީ ގިނަ ހާލަތްތަކުގައި ހުޅަނގު އައްސޭރިއަކީ ހަމައެކަނި ޔަހޫދީ ތަނެކޭ ހީވާ ކަހަލަ ޝުއޫރެއް އުފެއްދުމަށް ތާރީހީ ހެކިތައް ބޭނުންކުރާ ކަމަށެވެ.

މި ބާވަތުގެ މަޝްރޫއުތައް ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި ފުޅާވެފައިވެއެވެ. ބައިތުލަހަމް ސަރަހައްދުގައި އޮންނަ "ސޮލޮމަންސް ޕޫލް" ކިޔާ ތިން ގަދީމީ ފެން ރައްކާކުރާ ތަނުގެ މައްޗަށް ބާރު ފެތުރުމަށް ވެސް ވަނީ މަސައްކަތް ކޮށްފައެވެ. ހަމައެހެންމެ، ގުދުސް ކައިރީގައި އޮންނަ ހެރޯޑިއަމް ތަނެއް ގައުމީ ޕާކެއް ގޮތުގައި ހިންގައި ގަދީމީ ސާމެރިއާ ކަމަށްވާ ސެބެސްޓިއާގައި 2023 ވަނަ އަހަރުން ފެށިގެން ބޮޑު ހަރަދުކޮށް ކޮނެ ބެލުމުގެ މަސައްކަތް ފަށައި އެ ތަން އިސްރާއީލުގެ ގައުމީ ޕާކެއް ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އިސްރާއީލުގެ ތަރިކައާ ބެހޭ ވަޒީރު އަމީޗައި އެލިޔާހޫ ބުނެފައި ވަނީ އެ ތަން ވާނީ ޔަހޫދީ ތަރިކައިގެ ސައިޓަކަށް ކަމަށެވެ. ހަލީލް (ހެބްރޮން) ގައި ހުންނަ އިބްރާހީމީ މިސްކިތަށް މުސްލިމުން ވަނުން ތަކުރާރުކޮށް ހުރަސް އެޅުމާ ގުޅިގެން 2017 ވަނަ އަހަރު ޔުނެސްކޯ އިން ވަނީ ހަލީލުގެ ގަދީމީ ސިޓީ ފަލަސްތީނުގެ ތަރިކައިގެ ސައިޓެއް ގޮތުގައި ކަނޑައަޅައި ވަޒަންވެރިންގެ އަމަލުތަކުގެ ސަބަބުން އެ ތަނަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އިންޒާރު ދީފައެވެ.

ފަލަސްތީނު ރައްޔިތުން ބުނާ ގޮތުގައި، ފެން ވަސީލަތްތަކާއި ބިންތައް ފޭރުމަކީ ހުޅަނގު އައްސޭރީގެ ވަސީލަތްތައް އިސްރާއީލުގެ ބާރުގެ ދަށަށް ގެންގޮސް ފަލަސްތީނު ރައްޔިތުން ބިމުން ބޭރުކުރުމުގެ ވިސްނުމެއްގެ ދަށުން ހިންގާ ކަމެއް ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި
22 Nov 2026 ދުނިޔެ

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި

2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެން، ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް އެމެރިކާގެ ކުރީގެ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ކްރިސްޓިއަނުންނަށް ގޮވާލައިފިއެވެ.

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި
22 Nov 2026 ދުނިޔެ

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި

އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް، ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ ލިކުޑް ޕާޓީއާ އެކު ކޯލިޝަން މަޝްވަރާތައް ފެށުމަށް ދައުވަތު ދީފިއެވެ.

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ
22 Nov 2026 ދުނިޔެ

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ

އުމުރުން ދުވަސްވާއިރު ދީނީ އަދި ރޫޙާނީ ކަންކަމަށް ލޯބިކުރާ މީހުންނަށް ދިރިއުޅުމުގައި ލިބޭ އުފާވެރިކަމާއި، ދިރިއުޅުމުގެ ފެންވަރު މާ ބޮޑަށް ރަނގަޅު ކަމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

އިސްރާއީލުގެ މީހުންނާއި، ޖަމާޢަތްތަކަށް އޮސްޓްރޭލިޔާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
18 Nov 2026 ދުނިޔެ

އިސްރާއީލުގެ މީހުންނާއި، ޖަމާޢަތްތަކަށް އޮސްޓްރޭލިޔާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އިސްރާއިލުން، ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ބިން ފޭރުން އިތުރުކުރަމުންދާ މައްސަލައާ ގުޅިގެން، އިސްރާއީލުގެ ތިން ފަރުދަކަށާއި ހަތަރު ޖަމާޢަތަކާ ދެކޮޅަށް އޮސްޓްރޭލިޔާ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

ޕަލަސްތީނުގެ މިނިވަން ދައުލަތް ޤާއިމުކުރެވެންވާނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް: ރައީސް މުޢިއްޒު
15 Nov 2026 ހަބަރު

ޕަލަސްތީނުގެ މިނިވަން ދައުލަތް ޤާއިމުކުރެވެންވާނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް: ރައީސް މުޢިއްޒު

ޕަލަސްތީނުގެ މިނިވަން ދައުލަތް ޤާއިމުކުރެވެންވާނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ އެ ޤައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިތުރު 895 ޔަހޫދީ އާބާދީ ޔުނިޓް އިސްރާއީލުން އަޅަނީ
14 Nov 2026 ދުނިޔެ

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިތުރު 895 ޔަހޫދީ އާބާދީ ޔުނިޓް އިސްރާއީލުން އަޅަނީ

ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ، ވަފާއާ ހަވާލާދީ 'ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަން' އިން މިކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ޣައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުން ދިން ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް: ހަމާސް
12 Nov 2026 ދުނިޔެ

ޣައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުން ދިން ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް: ހަމާސް

އިސްރާއީލުން ދިން މި ހަމަލާގައި 6 މީހަކު ޝަހީދުވެ، މަދުވެގެން 20 މީހަކު ވަނީ ޒަހަމްވެފައެވެ.

އިސްރާއީލުން ޣައްޒާގެ މެޑިކަލް ކޮމްޕްލެކްސްއަކަށް ހަމަލާދީފި: އެކި ސަރަޙައްދުތަކުން 9 މީހުން ޝަހީދުކޮށްލައިފި
12 Nov 2026 ހަބަރު

އިސްރާއީލުން ޣައްޒާގެ މެޑިކަލް ކޮމްޕްލެކްސްއަކަށް ހަމަލާދީފި: އެކި ސަރަޙައްދުތަކުން 9 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުގެ ޓެރަރިސްޓް އިސްތިއުމާރީ ބާރުތަކުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ވަރުގަދަ ޙަމަލާތަކެއްގައި މަދުވެގެން ފަލަސްޠީނުގެ 9 މީހަކު ޝަހީދުކޮށްލައިފިއެވެ. މި ޙަމަލާތައް ދީފައި މިވަނީ، ޣައްޒާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ އެތައް ލައްކަ ރައްޔިތުންނަށް ފެން ނުވަންނަ ފަދަ ޓެންޓުތައް ފޯރުކޮށްދިނުމަށް އދ. އިން އިލްތިމާސެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.