ކްރީމީ ގާލިކް ޗިކަން
ކްރީމީ ގާލިކް ޗިކަން
ލައިފްސްޓައިލް 13 Jan 2023 | 04:11

މިއަދު ތަފާތު ކޮށްލަން ކްރީމީ ގާލިކް ޗިކަން؛ ޔާގީނުންވެސް މީރުވާނެ!

ހުކުރު ދުވަހަކީ އާއްމުކޮށް ހުރިހާ ގޭގެއެއްގައިވެސް މެންދުރު ކެއުމުގައި ކޮންމެވެސް ގޮތަކަށް ކުކުޅު ބޭނުން ކުރާ ދުވަހެކެވެ. ކޮންމެ ހުކުރަކު އެއްގޮތަށް ކުކުޅު ހެދުމުގެ ބަދަލުގައި ތަފާތު ގޮތެއް ޓްރައި ކޮށްލުމަކީ ޔަގީނުން ރަނގަޅު ތަޖުރިބާ އަކަށް ވާނެއެވެ. އެގޮތުން މި ހުކުރު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ކްރީމީ ގާލިކް ޗިކަން ތައްޔާރު ކުރާނެގޮތެވެ. ފަރާޓާ އާއި އެކީ ކާލަން މި ކުކުޅު ވަރަށް މީރު ވާނެއެވެ.

ކުކުޅަށް ބޭނުންވާ ތަކެތި

2 ޗިކަން ބްރެސްޓް ( ތުނިކޮށްލަން މެދުން ފަޅައި ހަތަރު ފަޅިއަށް ހަދާފައި)

4 މޭޒުމަތީ ސަމުސާ ފުށް

4 މޭޒުމަތީ ސަމުސާ ޕާމޭސަން ޗީޒް (ގާނާފައި)

1 ސައި ސަމުސާ ލޮނުމެދު ޕައުޑަރ

2 ސައި ސަމުސާ ނުވަތަ ރަހަލާވަރަަށް ލޮނު

1/2 ސައި ސަމުސާ މުގުރި އަސޭމިރުސް

ގާލިކް ސޯސް ތައްޔާރު ކުރަން ބޭނުންވާ ތަކެތި

5 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

2 މޭޒުމަތީ ސަމުސާ ބަޓަރ

1 ކުޑަ ފިޔަ ކުދިކޮށް ކޮށާފައި

12 ލޮނުމެދު

1 1/4 ޖޯޑު އެވަޕޮރޭޓެޑް މިލްކް

1/2 ޖޯޑު ގާނާފައި ހުރި ޕާމޭސަން ޗީޒް

1 1/4 ޖޯޑު ޗިކަން ބްރޮތް

ތައްޔާރު ކުރާނެގޮތް

1) ކުކުޅުގައި ލޮނު، ލޮނުމެދު ޕައުޑަރ އަދި އަސޭމިރުސް ރަނގަޅަށް އުނގުޅާލާށެވެ.

2) ތަށްޓެއްގެ ތެރޭގައި ފުށާއި ޗީޒް އެކުލަވައި ލުމަށްފަހު، އޭގެ ތެރެއަށް ފަހަރަކު ކުކުޅު ފަޅިއެއްލައި ރަނގަޅަށް ބޭރުގައި ފުށާއި ޗީޒް އުނގުޅާލާށެވެ.

3) ދެން ތަވާއަކަށް އޮލިވް އޮއިލް އަދި ބަޓަރ އެޅުމަށްފަހު އޭގެ ތެރޭގައި ކުކުޅު ކޮޅު ރަނގަޅަށް ރޯ ފިލައި ރަން މުށިކުލަ އަރަށްދެން ފްރައި ކޮށްލާށެވެ.

4) އެއަށްފަހު ކުކުޅު ކޮޅު ނަގައި އެހެން ތަށްޓަކަށް ލުމަށްފަހު އުނދުނުގެ ގިނި ތަންކޮޅެއް މަޑު ކޮށްލާށެވެ.

5) ދެން ސޯސް ހެދުމަށް، ކޮށްފައި ހުރި ފިޔާ ހަމަ އެ ތަވައިގެ ތެރެއަށް އަޅާލައި މޯޅިވަންދެން ފްރައި ކޮށްލާށެވެ.

6) އެއަށްފަހު، 6 ލޮނުމެދު ޗިސް ކޮށްލުމަށްފަހު، އެވެސް ތަވައަށް އަޅާލާށެވެ.

7) ދެން، އޮލިވް އޮއިލް ފޮދު ތަވައަށް އަޅާލުމަށްފަހު، ޗިސް ނުކޮށް ބާކީއޮތް 6 ލޮނުމެދު ވެސް ތަވާއަށް އަޅާލައި ހުރިހާ ތަކެތި ގާތް ގަނޑަކަށް 2 މިނެޓް ވަންދެން ނުވަތަ ލޮނުމެދުގެ ވަސް ރަނގަޅަށް ހިފާލަންދެން ފްރައި ކޮށްލާށެވެ.

8) ދެން ޗިކަން ބްރޮތް އަޅާލުމަށްފަހު ގާތްގަނޑަކަށް 5 މިނެޓް ވަންދެން ކައްކާށެވެ.

9) އެއަށްފަހު އެވަޕޮރޭޓެޑް މިލްކް އަޅާލުމަށްފަހު 2-3 މިނެޓް ވަންދެން ކެއްކުމަށްފަހު، ޗީޒް އަޅައިގެންވެސް 2 މިނެޓް ވަންދެން ކައްކާލާށެވެ.

10) ދެން ބޭނުން ވަރަށް ލޮނާއި އަސޭމިރުސް ކޮޅެއްވެސް އަޅާލުމަށްފަހު، ކުކުޅު ކޮޅުވެސް އޭގެ ތެރޭގައި ރީތިކޮށް ބެހެއްޓުމަށްފަހު 3-2 މިނެޓް ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. ކްރީމީ ގާލިކް ޗިކަން އެހުރީ ތައްޔާރު ވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...