ކުމުންދޫ ނެރު ބަދަލު ކުރުމުގެ މަޝްރޫއު ކުރިއަށް
ހދ. ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، ނެރު ފުންކުރުމާއި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މިއާއިއެކު ސައިޓުގައި މިހާރު ކުރިއަށްދަނީ ބޭރު ތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތާއި، ރެވެޓްމެންޓް ޕްރޮފައިލްކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީއިން މިއަދު ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން، 9,346 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 4,954 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 242 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 198 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީސީސީއިން ވަނީ މި މަޝްރޫއަކީ 33.6 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށްވެސް ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް