ވިއްސާރައިގައި ހދ. އަތޮޅުގެ ރަށެއްގައި ފެންބޮޑުވެފައި- ފޮޓޯ/ އެންޑީއެމްއޭ
ވިއްސާރައިގައި ހދ. އަތޮޅުގެ ރަށެއްގައި ފެންބޮޑުވެފައި- ފޮޓޯ/ އެންޑީއެމްއޭ
ހަބަރު 23 Oct 2026 | 05:54

ވިއްސާރައިގައި އުތުރުގެ ރަށްތަކުގެ ގިނަ ގެތަކަކަށް ގެއްލުން؛ ބައެއް ގެތަކުގެ އަޑިންވެސް ފެން އަރަމުންދޭ: އެންޑީއެމްއޭ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން މިއަދު އެކްސްގައި ކުރި ޕޯސްޓްގައިވާގޮތުން، ހދ. ނޮޅިވަރަންފަރަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވުމާ ގުޅިގެން 60 އަށްވުރެ ގިނަ ގެއަކުން ވަނީ އެހީތެރިކަމަށް އެދި ރިޕޯޓްކޮށްފައެވެ.

އެ ރަށުގެ ގިނަ ގެތަކުގެ އަޑިން ފެން އަރަމުންދާއިރު، ގޭގޭގައި ހިފާގެންގުޅޭ ސާމާނަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ. ނަމަވެސް، މީހުން ގެދޮރުން ހުސްކުރަންޖެހޭ ފަދަ ޙާލަތަކަށް އަދި ކަންކަން ނުދާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ނޮޅިވަރަންފަރު ކައުންސިލާ ހަވާލާދީ އެންޑީއެމްއޭ އިން ބުނީ، އަދިވެސް އެ ރަށަށް ވާރޭ ވެހެމުންދާއިރު، ފުލުހުންނާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން، ކުޅުދުއްފުށި ސިޓީއަށްވެސް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 190 އަށްވުރެ ގިނަ ގެއިން ވަނީ ރިޕޯޓްކޮށްފައެވެ. ކުޅުދުއްފުށީ ކައުންސިލުން މިހާރު ދަނީ ގެއްލުންވި ގެތަކުގެ ހާލަތު ވަޒަންކުރަމުންނެވެ.

އަދި ކައުންސިލާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިތުރުން މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) ގުޅިގެން ރަށުތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އެންޑީއެމްއޭ އިން ބުނީ، ވިއްސާރައިގެ އަސަރުކުރަމުންދާ ރަށްތަކުގެ ހާލަތު އެ އޮތޯރިޓީން ވަރަށް ގާތުން މޮނިޓަރ ކުރަމުން އަންނަ ކަމަށެވެ. އަދި ހާލުގައި ޖެހި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް، ކައުންސިލްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ މިއަދު މެންދުރު 3:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފައެވެ.

އެ ވަގުތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ
23 Oct 2026 ހަބަރު

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ނުރައްކާވެދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާދަމާވެސް މޫސުން ގޯސްވާނެ؛ މޫސުން ރަނގަޅުވާނީ އާދިއްތަ ދުވަހުން ފެށިގެން: މެޓް
23 Oct 2026 ހަބަރު

މާދަމާވެސް މޫސުން ގޯސްވާނެ؛ މޫސުން ރަނގަޅުވާނީ އާދިއްތަ ދުވަހުން ފެށިގެން: މެޓް

މާދަމާވެސް ބޯކޮށްވާރޭ ވެހޭނެ ކަމަށާ، ރާއްޖޭގެ މޫސުން އަލިވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ )މެޓް( އިން ލަފާކޮށްފިއެވެ.

40 މޭލަށް ވައިގަދަވެ، ކަނޑުގަދަވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދަށް ހުދު ސަމާލު ނެރެފި؛
23 Oct 2026 ހަބަރު

40 މޭލަށް ވައިގަދަވެ، ކަނޑުގަދަވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދަށް ހުދު ސަމާލު ނެރެފި؛

މެޓް އޮފީހުން ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަޙައްދުތަކަށެވެ. އެ ސަރަހަައްދަށް ހުދު ސަމާލުނެރުނީ 15:00 އާ ހަމައަށެވެ.

ޕާކިސްތާނުގެ މެހެމާންދާރީއަށް ރައީސްގެ ޝުކުރު؛ ”ގުޅުން އެހެން ހަރުފަތަކަށް ގެންދިޔުމަށް އެއްބަސްވެވުނު“
23 Oct 2026 ހަބަރު

ޕާކިސްތާނުގެ މެހެމާންދާރީއަށް ރައީސްގެ ޝުކުރު؛ ”ގުޅުން އެހެން ހަރުފަތަކަށް ގެންދިޔުމަށް އެއްބަސްވެވުނު“

ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް މުޢިއްޒުވަނީ އެމަނިކުފާނަށާއި އަނބިކަނބަލުންނަށް އަދި ދިވެހި ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނުން ކީ ހޫނު މަރުޙަބާއާއި ބެހެއްޓެވި ގާތްކަމަށްޓަކައި ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީއަށާއި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް އަދި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު: 2.4 މިލިއަން ގަސް އިންދައިފި
22 Oct 2026 ހަބަރު

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު: 2.4 މިލިއަން ގަސް އިންދައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 ގަސް ވަނީ އިންދާފަ އެވެ.

ކްރިމިނަލް ކޯޓުން ނީލަމެއް: ހަލާކުވެފައިވާ ތިން ކޮންޕިއުޓަރު ވިއްކާލަނީ، ފެށޭ އަގަކީ 4،000ރ
22 Oct 2026 ހަބަރު

ކްރިމިނަލް ކޯޓުން ނީލަމެއް: ހަލާކުވެފައިވާ ތިން ކޮންޕިއުޓަރު ވިއްކާލަނީ، ފެށޭ އަގަކީ 4،000ރ

އޭގެ ތެރޭގައި ބާވެހަލާކުވެފައިވާ އޯލް އިން ވަން ތިންް ކޮމްޕިއުޓަރު ހިމެނެ އެވެ.

ސްކޭމް ހިންގާ 847 މީހެއް: ތިން މަހުން ފަސް މިލިއަން ފޭރުނު، ލޯބީގެ ގުޅުންތައް ދައްކައިގެންވެސް ފޭރެނީ
22 Oct 2026 ހަބަރު

ސްކޭމް ހިންގާ 847 މީހެއް: ތިން މަހުން ފަސް މިލިއަން ފޭރުނު، ލޯބީގެ ގުޅުންތައް ދައްކައިގެންވެސް ފޭރެނީ

މި އޮޕަރޭޝަނުގެ ތިން މަސްދުވަހުގެ ތެރޭގައި، އެންޓި-ސްކޭމް ސެންޓަރަށް ސްކޭމްގެ ޖުމްލަ 544 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

އެންމެ މުހިންމީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުން: ފަސްޓްލޭޑީ
22 Oct 2026 ހަބަރު

އެންމެ މުހިންމީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުން: ފަސްޓްލޭޑީ

ވިދާޅުވީ ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުމަކީ އެ ޤައުމަކުން އެންމެ އިސްކަންދޭ ޖެހޭ ކަންތަކުގެތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.