ގއ. ވިލިނގިލީގެ ބަނދަރުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް
ގއ. ވިލިނގިލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ތިންވަނަ ފިޔަވަހި) ގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މިއާއިއެކު އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 54 އިންސައްތަ މިހާރު ނިމިފައިވާ ކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 613 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 685 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން މި މަޝްރޫޢަކީ 107.86 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީއިން ވަނީ ފާހަަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް