ނާޖިހު މުހައްމަދު
ނާޖިހު މުހައްމަދު
ކުޅިވަރު 12 May 2023 | 21:53

އާރުޑީސީ އެމްޖޭއެސް ރާބަދި ޗެލެންޖް 2023: އާރަށް އަތުން މީދުއްޕަރަށް ފަސޭހަމޮޅެއް!

މީދޫ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު " އާރުޑީސީ ރާބަދި ޗެލެންޖް 2023" ގެ ގުރޫޕް "ޑީ" ގައި މިރޭ ކުޅެވުނު މެޗުގައި 4-1 ގެ ނަތީޖާއަކުން އާރަށް ބަލިކޮށް މީދުއްޕަރުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މިރޭގެ މެޗުގެ ވަރަށް ކުރީކޮޅު މީދުއްޕަރުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއިރު، މި ލަނޑު ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ނާޖިހު މުހައްމަދު އެވެ. އަދި ފުރަތަަމަ ހާފު ނިމުނުގެ ކުރިން ނާޖިހު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ދިހަވަނަ މިނެޓުގައި މީދުއްޕަރުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުﷲ މުހައިމިން އަސްލަމެވެ. މިއީ އެޓީމުގެ ނާޖިހު މުހައްމަދު މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުގައި މީދުއްޕަރުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމުގެ ނާޖިހު ޖަމީލް އެވެ. މިމެޗުގައި އާރަށުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިރުޝާދު މުހައްމަދު އެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މިރޭގެ މެޗުގައި މީދުއްޕަރު ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން ނާޖިހު މުހައްމަދު އެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް "ޑީ" އެއްވަނަ މީދުއްޕަރަށް ލިބުނުއިރު، މިގުރޫޕްގެ ދެވަނައިގައި އޮތީ މިރޭ މެޗުން ބަލިވި އާރަށެވެ. އެޓީމަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު ތިން ޓީމު ހިމެނޭ ގުރޫޕް "ޑީ" ގެ ފުލުގައި މިވަގުތު އޮތީ ގްރޫޕްގެ ފުރަތަަމަ މެޗުގައި އާރަށް އަތުން ބަލިވި ޔޫ އެންޑް މީ އެވެ.

މި މުބާރާތުގައި މާދަމާ ރޭ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު 21:00 ގައި ފަށާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުޑަފުށި އާއި ޖޯލި މޯލްޑިވްސް އެވެ. އަދި 22:00 ގައި ފަށާ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިގަލި މޯލްޑިވްސް އާއި ދަ ސްޓޭންޑާޑް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
25 Sep 2026 ހަބަރު

ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި

ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫއިން މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ. އޭނާ ހައްޔަރުކ...

ރައީސް ޑރ.މުއިއްޒު ހާމަކޮށްދެއްވީ ދަރަނި ދެމިގެން ގޮސްފައިވާ މިންވަރު
14 Jun 2026 ހަބަރު

ރައީސް ޑރ.މުއިއްޒު ހާމަކޮށްދެއްވީ ދަރަނި ދެމިގެން ގޮސްފައިވާ މިންވަރު

މީގެ 18 އަހަރުކުރިން ރާއްޖެއިން ނެގި ދަރަނިތައް އަދިވެސް ދައްކަމުންގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދ.މީދޫ ކައުންސިލް ވެރިކަންކުރާ ޕީއެންސީއަށް ކާމިޔާބުވުން ފ...

ދ.މީދޫ ކައުންސިލް ރައީސްގެ ގޮނޑިވެސް ޕީއެންސީއަށް
13 Jun 2026 ހަބަރު

ދ.މީދޫ ކައުންސިލް ރައީސްގެ ގޮނޑިވެސް ޕީއެންސީއަށް

ދ.މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ކުރިއަށްގެންދިޔަ އިންތިހާބު ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ކެނޑިޑޭޓް ކާމިޔާބުކޮށްފިއެވެ. މި ވޯޓް ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް ކާމިޔާބުކުރީ އެމްޑީއޭގެ...

ދ. މީދޫ ރައީސް ހޮވުން: ވޯޓް ނެގުން ޖޫން 13 ގައި
16 May 2026 ހަބަރު

ދ. މީދޫ ރައީސް ހޮވުން: ވޯޓް ނެގުން ޖޫން 13 ގައި

ދ. މީދޫ ކައުންސިލްގެ ރައީސް ކަަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް އަލުން ވޯޓް ނަގަން ޖެހިފައިވާތީ އެވޯޓް އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. އަލުން ވޯޓް ނަގަނ...

ދ. މީދޫ ރައީސަކު ހޮވުން: ސުހާ ކޮޅަށް މައްސަލަ ނިމި އަލުން ވޯޓްލާން ޖެހިއްޖެ
14 May 2026 ހަބަރު

ދ. މީދޫ ރައީސަކު ހޮވުން: ސުހާ ކޮޅަށް މައްސަލަ ނިމި އަލުން ވޯޓްލާން ޖެހިއްޖެ

ދ. މީދޫ ކައުންސިލްގެ ރައީސް ކަަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް އަލުން ވޯޓް ނަގަން ޖެހިއްޖެ އެވެ. އަލުން ވޯޓް ނަގަން ޖެހުނީ މިއަދު ހައިކޯޓުން ނިންމި ނިންމުމާއި ގުޅިގެންނެވެ. އެ ކޯޓަށް ވަނީ މީދޫ ކައުނ...

ދ. މީދޫ ކައުންސިލް ރައީސްގެ ވޯޓް އަލުން ގުނަނީ، ސެކިއުރިޓީ އުރަ ކަނޑަނީ
10 Apr 2026 ހަބަރު

ދ. މީދޫ ކައުންސިލް ރައީސްގެ ވޯޓް އަލުން ގުނަނީ، ސެކިއުރިޓީ އުރަ ކަނޑަނީ

ދ. މީދޫ ކައުންސިލް ރައީސްގެ ވޯޓް އަލުން ގުނަން ނިންމައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ހުށައަޅާފައިވާ ޝަކުވާއަކާއި ގުޅިގެން ދ. މީދޫ ދެ ނަންބަރު ވޯޓް ފޮށީގައިވާ ކައުންސިލް ރައީސްގެ ވޯޓް އަ...