ދ.މީދޫ ކައުންސިލް ރައީސްގެ ގޮނޑިވެސް ޕީއެންސީއަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދ.މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ކުރިއަށްގެންދިޔަ އިންތިހާބު ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ކެނޑިޑޭޓް ކާމިޔާބުކޮށްފިއެވެ.
މި ވޯޓް ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް ކާމިޔާބުކުރީ އެމްޑީއޭގެ ކެނޑިޑޭޓާ ވާދަކޮށެވެ. ނަތީޖާއަށް ބަލާއިރު، ސުހާއަށް 529 ވޯޓު ލިބުނެވެ. ޝާހިދަށް ލިބިފައިވަނީ 449 ވޯޓެވެ. މިއަދު ވޯޓްލާފައިވަނީ 985 މީބުންނެވެ.
މިއަދު ކުރިއަށްދިޔަ ވޯޓުލުން މީދޫގެ އިތުރުން މާލޭގައިވެސް ކުރިއަށްދިޔައެވެ.
ދ.މީދޫ ކައުންސިލް ރައީސް އިންތިހާބުކުރުމަށް، ދެވަނަ ފަހަރަށް ވޯޓުނެގުން ކުރިއަށްގެންދަން ޖެހުނީ ހައިކޯޓުގެ އަމުރަކާ ގުޅިގެންނެވެ. އެއީ ރައީސްއަކު ހޮވުމަށް މީގެކުރިން ބޭއްވި އިންތިހާބާ ގުޅޭ މައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް