ދ. މީދޫ ކައުންސިލް ރައީސްގެ ވޯޓް އަލުން ގުނަނީ، ސެކިއުރިޓީ އުރަ ކަނޑަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދ. މީދޫ ކައުންސިލް ރައީސްގެ ވޯޓް އަލުން ގުނަން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ހުށައަޅާފައިވާ ޝަކުވާއަކާއި ގުޅިގެން ދ. މީދޫ ދެ ނަންބަރު ވޯޓް ފޮށީގައިވާ ކައުންސިލް ރައީސްގެ ވޯޓް އަލުން ގުނަން ނިންމާފައިވާ ކަމަށެވެ.
އެހެން ކަމުން ވޯޓްފޮށީގެ ސެކިއުރިޓީ އުރަ މިއަދު ހަވީރު ކަނޑަން ނިންމާފއިވާ ކަމަށެވެ. އެ ކަވާރޭޖަށް މީޑިއާތަކަށް ވަނީ ދައުވަތު ދީފަ އެވެ.
ހޮނިހިރު ދުވަހު އޮތް އިންތިހާބަށް ހަފްތާއެއްވާން ދާއިރު އަދިވެސް ނަތީޖާ ކަށަވަރު ނުވާ ބައެއް ދާއިރާތައް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް