ކުޅުދުއްފުށީ ޖަލްސާގައި މުޢިއްޒު ވާހަކަ ދައްކަވަނީ--ފޮޓޯ/ ޕީޕީއެމް
ކުޅުދުއްފުށީ ޖަލްސާގައި މުޢިއްޒު ވާހަކަ ދައްކަވަނީ--ފޮޓޯ/ ޕީޕީއެމް
ހަބަރު 13 Aug 2023 | 05:57

ކުޅުދުއްފުށީ ހުރިހާ މަގެއް ހަދައި، ހުރިހާ ބަލިތަކަށް ފަރުވާ ލިބޭ ހޮސްޕިޓަލެއް ގާއިމް ކޮށްދޭނަން: ޑރ. މުޢިއްޒު

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް އިންތިޚާބުވެވަޑައިގެންފި ނަމަ، ހދ. ކުޅުދުއްފުށީ ބޮޑެތި ގިނަ މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު ވިދާޅުވީ ކުޅުދުއްފުށްޓަކީ، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގަވާފައިވާ ރަށެއް ކަަމަށެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި 5 އަހަރުގެ ދައުރުގައި ކުޅުދުއްފުށީގައި އެއްވެސް ކަމެއް ހިންގޭތަން ނުފެންނަ ކަމަށާ، އެ ރަށް ވަރަށް ބޮޑަށް ބާކިކޮށްފައިވާ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ.

މަގު ހެދުމުގެ މަޝްރޫއު ކަމަށްވިޔަސް، ބަނދަރުގެ މަސައްކަތް ކަމަށް ވިޔަސް، އަދި ޓާޝިއަރީ ހޮސްޕިޓަލްގެ މަސައްކަތް ކަމަށް ވިޔަސް އެއިން އެއްވެސް ކަމެއް ރަނގަޅަށް ގޮސްފައި ނުވާ ވާހަކަ މިރަށު ބޭފުޅެއްވެސް އެ ވިދާޅުވީ.

މުޢިއްޒު ވިދާޅުވީ، ކުޅުދުއްފުށްޓަށް ތަރައްގީ ގެނައުމަށް ވަރަށް ގިނަ ކަންކަން ކުރަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރަށް އޭނާ އިންތިހާބު ކުރައްވައިފި ނަމަ، ކުޅުދުއްފުށީ ރައްޔިތުން ބޭނުންވާ ގޮތަށް އެ ބޭނުންވާ ތަރައްގީ އެ ރަށަށް ގެނެސްދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ޖަލްސާގެ ތެރެއިން--ފޮޓޯ/ ޕީޕީއެމް

އެގޮތުން ކޮށްދެއްވާނެ ކަމަށް ވިދާޅުވި ބައެއް ކަންކަމުގެ ތެރޭގައި؛

1) ކުޅުދުއްފުށީ ބޮޑެތި މަގުތަށް ތާރު އަޅައިގެން ހަދައި، ކުދި މަގުތައް ގައު އަޅައިގެން ހަދައި، މުޅި ކުޅުދުއްފުށީގެ ހުރިހާ މަގެއް ރަނގަޅު ފެންވަރެއްގައި ހެދުން

2) ހުރިހާ ބޮޑެތި ބަލިތަކަށް ފަރުވާ ލިބޭހާ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ގާއިމް ކޮށްދިނުން. އަދި ހޮސްޕިޓަލުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަކީ ދިވެހިން ކަމުގައި ހެދުން

3) ބޮޑު ޚަރަދެއް ކުޅުދުއްފުށީގައި ޕްރިވެންޓިވް ހެލްތު ކެއާރ ގާއިމް ކުރަން، 24 ގަޑި އިރު ޚިދުމަތްދޭ ދަމަނަ ވެއްޓެއް ގާއިމް ކޮށްދޭނަން.

މީގެ އިތުުރުން ކުޅުދުއްފުށީގެ އިތުރުން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ގެދޮރު އެޅުމަށް އަތްފޯރާ ފަށުގައި ލޯން ސްކީމް ތަޢާރަފް ކުރައްވާނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. އަދި އަޅަން ފަށާފައި ނުނިމި ހުރި ގެތަށް އެޅުމަށްވެސް ލޯން ސްކީމެއް ތަޢާރަފް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހަމައެހެންމެ، އެޗްޑީއެފްސީ ގައި، ސަރުކާރުގެ ފަންޑުން ފައިސާލައި، އެ ފަންޑު ބޮޑު ކުރައްވައި، އެއިން ގެދޮރު އެޅުމަށް ލުއި ލޯނު ދޫކުރައްވާނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ކުޅުދުއްފުށީ ގައިވެސް އަދި އެނޫން ރަށްރަށުގައިވެސް މިސަރުކާރުން ފަށާފައިވާ މަޝްރޫއުތަކަށް ހުރަސް އެޅުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އެގޮތުން ޕީޕީއެމްގެ ފިކުރަކީ ތަރައްގީގެ ފިކުރު ކަމަށާ، ރައްޔިތުންނަށް ފައިދާ ހުރި ތަރައްޤީގެ އެއްވެސް މަޝްރޫއެއް ނުހުއްޓުވާނެ ކަމަށް ވިދާޅުވިއެެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ
13 Oct 2026 ހަބަރު

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

އެ ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ އެވެ. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ ހަގީގަތުގައި ވެސް އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ
13 Oct 2026 ހަބަރު

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަރު އުޅަނދު ދުއްވޭ ވަގުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަސައްކަތުގައި ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރައްވާތާ މިހާރު ހަތަރު މަސް ފާއިތުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.