އިންތިޚާބުގެ ދެވަނަ ބުރަށް ފާރިސްގެ ޓީމާއި ޕީޕީއެމް ކޯލިޝަނުން މަޝްވަރާ ކުރަނީ
ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނާއި، އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އަހްމަދު ފާރިސް މައުމޫނުގެ ޓީމާއި މަޝްވަރާކޮށްފިއެވެ.
ޕީޕީއެމް/ޕީއެންސީގެ ޓީމާއި ފާރިސްގެ ޓީމުން ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމާއު މެދު މަޝްވަރާ ތަކެއް ކުރި ނަމަވެސް އެކަމުގައި ނިންމި ގޮތެއް އެއްވެސް ފަރާތަކުން ރަސްމިގޮތެއްގައި ހާމަކޮށްފައެއް ނުވެއެވެ.
ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާއަށް ދެކެންޑިޑޭޓުންވެސް ދައުވަތު ދެއްވި ކަމަށް ފާރިސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ފާރިސް އަށް 3015 ވޯޓް ލިބިލައްވައިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް