ޕީޕީއެމްގެ ކުރީގެ ސެނެޓަރުން ކޮންގްރެސް ޕާޓީއާ ގުޅިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޕީޕީއެމްގެ ސެނެޓަރުންގެ ގޮތުގައި ކުރީން ތިއްބެވި ވަރަށް ގިނަ ބަޔަކު ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއާ މިރޭ ގުޅިއްޖެ އެވެ.
އެ ޕާޓީއާ އެ މެންބަރުން ގުޅުމަށް މިރޭ ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
އެ ޕާޓީން ބުނީ ޕީޕީއެމް އުވިގެންދިޔައިރު އެޕާޓީގެ ސެނެޓް މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީއެންސީއާއި ގުޅުނު ގިނަ އަދަދެއްގެ މެންބަރުން ރަސްމީކޮށް ޕާޓީއާއި މިރޭ ގުޅިފައިވާ ކަމަށެވެ.
އެ މެންބަރުން އިގުރާރު ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ހަވާލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުން ނިންމީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ދެވަނަ ދުވަހު އެވެ. އެ ޕާޓީ އުވާލާން އިލެކްޝަނަށް ހުށައެޅުމުން ޕީޕީއެމް އުވާލާ އިލެކްޝަންގެ ދަފްތަރުން ނެގީ ޖަނަވަރީ 30 ވަނަ ދުވަހު އެވެ.
ޕީޕީއެމްގެ ވަރަށް ގިނަ މެންބަރުން މިހާރު ވަނީ ޕީއެންސީއާ ގުޅިފަ އެވެ. ޕީއެންސީގެ މެންބަރުންގެ އަދަދު ވަނީ 70،000 އާ ގާތް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް