ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ނައިފަރުގައި ފެން ބޮޑުވެއްޖެ
ވިއްސާރަވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ޅ.ނައިފަރުގައި ފެން ބޮޑުވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ވިއްސާރަވެ ނައިފަރުގެ ބައެއް ސަރަހައްދުތަކުން ފެން ހިއްކުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ އެންޑް ރެސްކިޔު ކޮންޕޯނަންޓްގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެގޮތުން، ޅ.ނައިފަރުގެ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެންގަނޑުތައް ހިއްދާލުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ޅ.ނައިފަރުގެ އެކިއެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށާއި ދުއްވާ އެއްޗެއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫތައް ދިމާވަމުން ދާތީ، އެ ސަރަހައްދުތަކުން ފެން ހިއްކުމަށް ސިފައިންގެ އެހީތެރިކަމަށް އެދުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ އެންޑް ރެސްކިޔު ކޮންޕޯނަންޓްގެ ސިފައިން ދަނީ މިއަދުގެ މެންދުރު 12:00 ހާއިރުން ފެށިގެން އެ ސަރަހައްދުތަކަށް ގޮސް ހަރަކާތްތެރިވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް