ރުކަކުން ވެއްޓި ވަރަށް ބޮޑަށް އަނިޔާވެއްޖެ، ވެންޓިލޭޓަރުގައި ފަރުވާ ދެނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދިގު ރުކަކު ވެއްޓި މީހަކަށް ވަރަށް އަނިޔާވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ ހދ. ކުޅުދުއްފުށިސިޓީ ގަ އެވެ.
މިއަދު މެންދުރު ފަހު ހިނގި ހާދިސާގައި ރުކަކުން ވެއްޓި އަނިޔާވީ ހދ. ނޭކުރެންދޫއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ.
ރުކުން ވެއްޓި އޭނާއަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. ހާލު ސީރިއަސްވެ މިހާރު ފަރުވާ ދެނީވެސް ވެންޓިލޭޓަރުގަ އެވެ.
އެ މީހާ ވެއްޓުނީ ރުއް ސާފުކުރަން އަަރައިގެން އުޅެނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް