ދިޔަވި ލޯންޗު، އެމްއެންޑީއެފުން ސަލާމަތްކޮށްދީފި
ހދ.ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗެއް ބޯ ވާރޭގައި ފެން ވަދެ ދިޔަވާން ފެށުމުން، އެ ލޯންޗު ދިޔަވުން މިއަދު ހެނދުނު އެމްއެންޑީއެފްގެ ފަޔަރމަނުން ކޮންޓްރޯލްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ ލޯންޗު ދިޔަވާން ފެށިކަމުގެ ރިޕޯޓް އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ފަތިހު 05:35 ހާއިރު ކަމަށެވެ އެ. ޚަބަރު ލިބުމާއެކު އެ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ ބަނދަރަށް ގޮސް ދިޔަހިއްކުމުގެ މަސައްކަތް ފަށާފައެވެ.
ފަޔަރމަނުން ގަޑިއިރު ދެކަށް ވުރެ ގިނަ ވަގުތު ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ލޯންޗު ދިޔަވުން ހުއްޓުވުމަށް ކާމިޔާބުވީ ހެނދުނު 07:50 ހާއިރުއެވެ.
ލޯންޗު ދިޔަވާން ފެށީ ބޯކޮށް ވެހުނު ވާރޭގައި ލޯންޗަށް ފެން އެޅި، އޭގެ ސައިލެންސަރަށް ފެން ވަދެގެންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް