އުތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ބ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
ޤައުމީ މޫސުމާ ބެހޭ އިދާރާއިން މިއަތޮޅު ތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 12:50 އިން ފެށިގެން 18:00 ގެ ނިޔަލަށެވެ.
އެވަގުތުގައި ހުދު ސަމާލު ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާ އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މިދުވަސްކޮޅަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްކޮޅެކެވެ. އެހެންކަމުން ފުލުހުންނާއި ސަލާމަތީ ބާރުތަކުން ވަނީ ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެދިފައެވެ. އަދި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް