ރައީސް ޞާލިހު ގެ ކެންޕެއިން ޖަލްސާގައި ޝަރީފު ވާހަކަ ދައްކަވަނީ-- ފޮޓޯ/ އެމްޑީޕީ
ރައީސް ޞާލިހު ގެ ކެންޕެއިން ޖަލްސާގައި ޝަރީފު ވާހަކަ ދައްކަވަނީ-- ފޮޓޯ/ އެމްޑީޕީ
ހަބަރު 14 Jul 2023 | 04:23

ދެން އަންނަ ރައީސް އަކު، ރާއްޖޭގެ ތަރައްގީއަށް ކުރާނެ އިތުރު މަސައްކަތެއް ނުބާއްވާނަން: ޝަރީފު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ދެ ދައުރު ނިމޭއިރު، ދެން އެއަށްފަހު އަންނަ ރައީސް އަކު ރާއްޖޭގެ ތަރައްގީއަށް ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ރިޔާސީ ކެމްޕެއިނުގައި މާފުށީގައި ރޭ ބޭއްވި ކެމްޕެއިނު ޖަލްސާގައި ޝަރީފުގެ ވާހަކަ ފައްޓަވަމުން ވިދާޅުވީ، އޭނާއަށް ރާއްޖޭގެ ރައީސް ކަން ކުރެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ރައީސް މުހައްމަދު ނަޝީދު އާއި، ރައީސް ޑރ. މުހައްމަދު ވަހީދު އާއި ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ އިތުރުން ރައީސް ޞާލިހުގެ ވެރިކަންވެސް ފެނިފައިވާ ކަމަށެވެ. އަދި އެ ހުރިހާ ރައީސުންގެ ތެރެއިންވެސް ރައީސް ޞާލިހަކީ ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޞާލިހަކީ ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށް އަޅުގަނޑު ދެންނެވީމާ ތި ބޭފުޅުން ހީފުޅުކުރައްވަފާނެ، އަޅުގަނޑަކީ ސަރުކާރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ވީމާ، ރައީސުލްޖުމްހޫރިއްޔާ އަށް ހުޝާމަދު ކުރަނިއްޔޭ. ނޫން. އަޅުގަނޑު ހުޝާމަދު ކުރަނީއަކީ ނޫން. މިއީ ހަގީގަތް. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ އޯގާތެރި ބޭފުޅެއް. ހިކުމަތްތެރި ބޭފުޅެއް. ރައްޔިތުންގެ އަޑު އައްސަވާ ބޭފުޅެއް. ރައްޔިތުންނަށް ވައުދެއް ވެ ވަޑައިގެންފި ނަމަ، އެ ވައުދެއް ފުއްދަވާ ބޭފުޅެއް. މިފަދަ ޝަޚުޞިއްޔަތެއް، މިފަދަ ވެރިން، އަޅުގަނޑުމެން ރާއްޖޭގެ ވެރިންގެ ގޮތުގައި ބޭނުން ވަނީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް

ޝަރީފު ވިދާޅުވީ، ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭ ސަބަބު ތަކުގެ ތެރެއިން އެއް ސަބަބަކީވެސް އެ މަނިކުފާނުގެ އެ ޝަޚުސިއްޔަތު ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ތަރައްޤީ ގެ މުއްދަތަކީ 10 އަހަރު ކަމަށެވެ. އަދި އެ ދިހަ އަހަރުގެ ތެރެއިން ރައީސް ޞާލިހުގެ ފުރަތަމަ ފަސް އަހަރުގެ 2 އަހަރަކީ ކޮވިޑްގެ ޢާލަމީ ވަބާގެ ސަބަބުން މުޅި ދުނިޔެވެސް ހުއްޓިފައިވި ދެ އަހަރު ކަމަށެވެ. އެހެންނަމަވެސް، ލިބުނު 3 އަހަރުގެ ތެރޭގައި، ވޭތިވެދިޔަ ވެރިކަން ތަކުގައި ނުކޮށް ހުރި ހުރިހާ ކަމެއް ކޮށްފައިވާ ކަމަށާ، އެ ވެރިކަން ތަކުން ކޮށްފައިވާ މަސައްކަތްތަކުގެ ތިން ގުނަ މަސައްކަތް ތިން އަހަރު ތެރޭގައި މި ސަރުކާރުން ކޮށްފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖޭގައި ތަރައްގީގެ ގިނަ މަސައްކަތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަަމަށް މީގެ ކުރިން ހީކުރެވުނު ނަމަވެސް ރައީސް ޞާލިހު ވަނީ ތަރައްގީގެ މާ އުސްމިންގަނޑެއް ކަނޑައަޅުއްވާފައި ކަމަށެވެ.

"އަޅުގަނޑުމެން މީގެ ކުރިން ހީކުރީ، މީގެ ކުރީގެ ދައުރުގައި ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް ޔާމީން އޭ ރާއްޖޭގެ ތަރައްގީގެ އެންމެ ގިނަ މަސައްކަތް ކުރެއްވީ. ނޫން. އަޅުގަނޑުމެންނަށް ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް ވަނީ، އެއަށްވުރެ މާ އުސްމިންގަޑެއް ކަނޑަ އަޅުއްްވާފައި. އަޅުގަނޑުމެންގެ ދެ ދައުރު ހަމަ ކޮށްފައި ދެން އަންނަ ރައީސް އަކަށް، ރާއްޖޭގެ ތަރައްގީގައި އިތުރަށް ކުރާނެ މަސައްކަތް ތަކެއް އަޅުގަނޑުމެން ނުބާއްވާނަން"

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް

މިފަދަ ސަބަބު ތަކަށްޓަކައި ރައީސް ޞާލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރައްވަންޖެހޭ ކަމަށާ، އިންތިހާބުގައި ވޯޓު ލާއިރު އެމަނިކުފާނަށް ވޯޓު ދެއްވުމަށް ޝަރީފު އެދިވަޑައިގެންނެވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.