މާރަންދޫގެ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި
ހއ. މާރަންދޫ ފެރީ ހަޓްގެ މަސައްކަތްތައް އެމްޓީސީސީން ނިންމާލައިފިއެވެ.
މި މަޝްރޫއަކީ އެމްޓީސީސީގެ ފަރާތުން ކުރިއަށްގެންދާ މަޝްރުޢެކެވެ.
މި ފެރީ ހަޓަކީ އާރުޓީއެލް ފެރީ ނިމާޒުގެ ދަށުން ޒޯން އެކެއްގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ފެރީ ހަޓެކެވެ.
މި ހަޓުގެ ބޭނުމަކީ އާރުޓީއެލް ފެރީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ބަނދަރުގައި މަޑުކޮށްލެވޭ ތަނެއް ބެހެއްޓުމުގެ ބޭނުމުގައި ހަދާފައިވާ ތަނެކެވެ. މާރަންދޫ ފެރީ ސްޓޮޕްގައި ކިއޮސްކަކާއި، ޔުނިވާސަލް ޓޮއިލެޓަކާއި ވެއިޓިންގް އޭރިއާއެއް ގާއިމްކޮށްފައިވެ އެވެ.
އެމްޓީސީސީން ދަނީ އާރްޓީއެލް ފެރީގެ ޚިދުމަތް ދެކުނުގެ ތިން އަތޮޅެއްގައި މިހާރު ފަަށާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް