ތަންދޫރީ ޗިކަން
ތަންދޫރީ ޗިކަން
ލައިފްސްޓައިލް 14 Oct 2022 | 02:32

މި ހުކުރު މެންދުރު ކެއުމަށް ތަންދޫރީ ޗިކަން ކިހިނެއް ވާނެ؟

މިއަދު "ވޮއިސް" ގެ ބަދިގެއިން މި ގެނެސްދޭނީ ވަރަށް ފަސޭހައިން ވަރަށް މީރުކޮށް ތަންދޫރީ ޗިކަން ހަދާލާނެ ގޮތެވެ. ތަންދޫރީ ޗިކަން އަކީ ފަރާޓާ އާއި އެކީ ކާލަން ވަރަށް މީރު އެއްޗެކެވެ. ނުވަތަ ގާލިކް ރައިސް ކަހަލަ ބަތަކާއި އެކު ކާލަންވެސް ހަމަ ބަރާބަރު ވާނެއެވެ.

ބޭނުންވާ ތަކެތި

1 ކިލޯ ކުކުޅު (ކޮށާފަ)

1 ތަންދޫރީ މަސާލާ ޕެކެޓް (ޝާން ބްރޭންޑް)

1 ތަށި ޕްލޭން ޔޯގަޓް

3 ލޮނުމެދު (ގާނާފައި)

2 ސައި ސަމްސާ ކުކުޅު ހަވާދު

1 އިންޗި އިނގުރު ކޮޅެއް (ގާނާފައި)

2 ޗިކަން ސްޓޮކް ކިޔުބް

02 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

2 ސައި ސަމުސާ ގަރަމް މަސާލާ

ރަތް ކުލައިގެ ކާކުލަ ކޮޅެއް

ތައްޔާރު ކުރާނެ ގޮތް

ބޯތަށްޓެއްގެ ތެރޭގައި ކުކުޅު ކޮޅު ފިޔަވައި ދެން ހުރި ހުރިހާ އެއްޗެއް ރަނގަޅަށް އެކުަލަވާލައި ޕޭސްޓް ގަނޑު ތައްޔާރު ކޮށްލާށެވެ. ދެން އެ ޕޭސްޓް އެއްކޮށް ކުކުޅުގައި ރަނގަޅަށް އުނގުޅައި ލުމަށްފަހު މަތި ރަނގަޅަށް ބަންދު ކުރި އެއްޗެއްގެ ތެރޭގައި 2 ގަޑި އިރު ވަންދެން މެރިނޭޓް ކުރުމަށް ފުރިޖްގައި ބަހައްޓާލާށެވެ. އެއަށްފަހު ފުރިޖުން ނަގާފަ 180 ޑިގުރީގައި 30-40 މިނެޓް ވަންދެން ނުވަތަ ރޯފިލަންދެން އަވަނުން ފިހެލާށެވެ.

ނޯޓް: ޗިކަން ސްޓޮކް ކިޔުބް ބޭނުން ކުރާއިރު އޭގެ ލޮނު ގިނައިން ހުންނަ ވައްތަރު ކިޔުބް ބޭނުން ކުރާ ނަމަ ވަކިން ކުކުޅަށް ނުވަތަ ޕޭސްޓް އަށް ލޮނު ނުލި ނަމަވެސް ލޮނު ރަހަ ހެޔޮވަރަށް ލާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...