މަޖިލީހުގައި ޕީޕީއެމް މެންބަރުން އިހުޖިޖާދު ކުރަން ފަށައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަދި "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން"ގެ ބިލާއި ދެކޮޅަށް ޕީޕީއެމް މެމްބަރުން މިއަދު ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މިކަމާ ގުޅިގެން މެންބަރުންނާއި މުހާތަބު ކުރައްވައި މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވީ އެ ބިލްއަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ނޫން ކަމަށް މަޖިލީހުގެ ކައުންސިލާ ޖެނަރަލް އިން ލަފާ ދީފައިވާ ކަމަށެވެ. ޕީޕީއެމް މެންބަރުން އިހުތިޖާޖު ކުރުން ހުއްޓާލުމަށާއި ވޯޓަށް އަހަން ފުރުސަތު ދިނުމަށް މަޖިލީހުގެ ރައީސް ގާސިމް ތަކުރާރުކޮށް ގެންދަވަނީ ގޮވާލަމުންނެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައިވެސް ޕީޕީއެމް މެންބަރުން މިބިލަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އަބްދުއްރަހީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކު ހައްޔަރުކުރުމަށް "އެމްޑީޕީ" ބަޔަކު ކޮމިޝަންތަކަކަށް ލައިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށެވެ.
"ހަމަމިއާއެކު ކެނެރީގެ މުހައްމަދު ނަޝީދުގެ ސަރުކާރުގަ މަރުވެގެން ދިޔަ މީހުންގެ ކަންތައްތައްވެސް ބަލަން އެބަޖެހޭ. އެމަނިކުފާނުގެ ސަރުކާރުގަ ގެއްލިގެން ދިޔަ ފައިސާވެސް ހޯދަން އެބަޖެހޭ. އެމަނިކުފާނެ ވަޒީރުކަން ކުރެެއްވި ބޭފުޅުންގެ ވުޒާރާތަކަށް ނެރެފަހުރި އޮޑިޓްރިޕޯޓުތަކުގައި ބަޔާންކޮށްފައި ހުރި އަދަދުތަކަށް ވީ ކިހިނެއްތޯ ބަލަންޖެހޭ. ހަމަ އެ ބޭފުޅުން މިއަދު ސަރުކާރުގެ ވަޒީރުކަމަށް ވަޑައިގެން އަނެއްކާ އިތުރަށް ކޮރަޕްޝަނާއި ފަަސާދައިގެ އަމަލުތައް ހިންގަން ފުރުސަތު ދިންއިރު ތެދުވެރިކަމާ އިހުލާސްތެރިކަން ހުރީ ކިހާ މިންވަރަކަށްތޯ ބަލަންޖެހޭ،" އަބްދުރަހީމް ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލު ގެނައުމަށްޓަކައި މަޖިލިސް ރައީސް ގެންދަވަނީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރައްވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް