ރައީސް ޞާލިޙް ކޮޅުފުއްޓަށް ވަޑައިގެންފި
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކެމްޕެނު ދަތުރުފުޅެއްގައި މ ކޮޅުފުއްޓަށް ވަޑައިގެންފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން ރައީސް ކުރައްވާ 3 ދުވަހުގެ މިދަތުރުފުޅުގައި މ އަތޮޅާއި ވ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޞާލިޙް ކޮޅުފުއްޓަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވައިފައިވެއެވެ.
ރައީސް ޞާލިޙްގެ މިދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި އެމްޑީއޭގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ.
ރައީސް ޞާލީޙްގެ ކެމްޕެނު ދަތުރުފުޅުތައް ފައްޓަވައި ފާއިތުވި ހަފްތާގައި ވަނީ ށ އަތޮޅަށް ވެސް ޒިޔާރަތްކުރައްވައިފައެވެ. އަދި ކ ގުރައިދޫ ދާއިރާގެ ރަށްރަށަށްވެސް ވަނީ ވަޑައިގެންފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް