ރައީސް ޔާމީން ކޯޓަށް ވަޑައިގަންނަވަނީ/ ފޮޓޯ: އިންޓަނެޓް
ރައީސް ޔާމީން ކޯޓަށް ވަޑައިގަންނަވަނީ/ ފޮޓޯ: އިންޓަނެޓް
ހަބަރު 15 Aug 2023 | 04:02

ދިގުލައިގެންދާ އާރަށު މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ބުދަ ދުވަހު ބާއްވަނީ!

ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޢަބްދުالله ޔާމީނުގެ މައްޗަށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ މިދިޔަ ޑިސެމްބަރު މަހުގެ 25ގައި އިއްވި ހުކުމުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ.

ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގައެވެ. އެހެން ނަމަވެސް ޝަރީޢަތް ތާވަލުނުކުރެވި ގިނަ ދުވަސްތަކެއް ވުމަށްފަހު އެ މައްސަލައިގެ އަޑުއެހުންތައް ފެށީ ޖޫން މަހުގައެވެ.

ޖޫން މަހުގައި ފެށި އަޑުއެހުންތަކުގެ ތެރެއިން މައްސަލަ ނިންމުމަށް އަޑުއެހުމެއް ނުވަތަ ދެ އަޑުއެހުމަށް ވެފައިވަނިކޮށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު ޗުއްޓީ ނެންގެވުމާއި ގުޅިގެން އަޑުއެހުންތައް އޮތީ މެދުކެނޑިފަ އެވެ.

އަދި އެ މައްސަލައިގެ އަޑުއެހުންތައް ޖޫން މަހުގައި މެދުކެނޑުނު ގޮތަށް އެއްވެސް އަޑުއެހުމެއް ނުބޭއްވި އޮތުމަށްފަހު، އަންނަ ބުދަ ދުވަހުގެ މެންދުރުމަހު 14:00 އަށް ވަނީ ހައިކޯޓުގައި އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. މި މައްސަލައިގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ ހުރިހާ އިސްތިއުނާފީ ނުކުތާތަކެއް ހުށައަޅާ، ދައުލަތުން ޖަވާބުވެސް ދީފައެވެ.

ދެން އޮންނާނީ މައްސަލައިގައި ދެ ފަރާތުން ފާހަގަކުރަން ހުރި އިތުރު ކަންކަން ފާހަގަކުރުމަށް ފަހު މައްސަލައިގެ ހުކުމް ހުކުމެވެ.

އާރަށު މައްސަލައިގެ އިސްތިއުނާފު ދިގުލައިގެން ގޮސް، ރައީސް ޔާމީނަށް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ދޮރުވެސް ބަންދުވެގެން ދިޔައެވެ. އިލެކްޝަނުން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ކޯޓުން ނިންމީ އިލެކްޝަނުން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތީ ރަނގަޅަށް ކަމަށެވެ.

އެފަހުން ރައީސް ޔާމީނުގެ ފަރާތްޕުޅުން ވަނީ އެމަނިކުފާނުގެ މައްޗަށް އާރަށު މުއާމަލާތާއި ގުޅިގެން އިއްވާފައިވާ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ފަސްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އެ މައްސަލައިގައި ހައިކޯޓުން ވަނީ ޖޫރިމަނާގެ އަދަބު ފަސްކުރުމުގެ އަމުރެއް ނެރެދެއްވާފަ އެވެ. އެހެން ނަމަވެސް ޖަލު ހުކުމް ފަސްކުރުމަށް އެ ކޯޓުން އަމުރެއް ނެރެދެއްވާފަ އެއް ނުވެއެވެ.

އާރަށު މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާއިރު، އެ މުއާމަލާތާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ ނުހައްގު ހުކުމެއް ކަމަށާއި، ހައިކޯޓުން އެމަނިކުފާނު މިނިވަންވެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު ވަނީ ދެއްވާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް
15 Oct 2026 ހަބަރު

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް

އަޒުވަރު މި މަގާމަށް އައްޔަންކޮށްފައިވަނީ، އިއްޔެ ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރި މުހައްމަދު އަފީފް ހުސައިން ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރުމަށްފަހުގައެވެ.

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް
15 Oct 2026 ހަބަރު

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް

ފެނަކައިގެ އެމްޑީގެ މަގާމުން އޭނާ ވަކިކޮށްފައިވަނީ އެ ކުންފުނި އުވައިލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެންނެވެ.

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ
15 Oct 2026 ހަބަރު

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ

ރާއްޖޭގައި މިނިވަން ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި
15 Oct 2026 ހަބަރު

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި، އުރީދޫ މޯލްޑިވްސް އިން އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި ގުޅިގެން، އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.