ޓެމޫ؛ ފޮޓޯ / އެފްއެމްޓީ
ޓެމޫ؛ ފޮޓޯ / އެފްއެމްޓީ
ލައިފްސްޓައިލް 15 Oct 2026 | 10:26

"ޑަމްޕިންގ" އަކީ ކޮއިކަން އެނގޭތަ؟

ބައިނަލްއަގުވާމީ ވިޔަފާރީގެ ވާހަކަ ދައްކާއިރު "ޑަމްޕިންގ" މި ލަފުޒު ވަރަށް ގިނައިން އިވެއެވެ. އެކަމަކު މީގެ ހަގީގީ މާނައަކީ ކޮބައިކަން ގިނަ ބަޔަކަށް ސާފު ނުވެ އޮވެދާނެއެވެ. ވީމާ މި ލިޔުމުގައި، އިގުތިސާދީ ނަޒަރަކުން ޑަމްޕިންގ އަކީ ކޮބައިކަމާއި، އޭގެ އަސަރުތަކާއި، އެކަމާ ދެކޮޅަށް ގައުމުތަކުން އަޅާ ފިޔަވަޅުތަކަށް ބަލައިލާނަމެވެ.

ޑަމްޕިންގ އަކީ ކޮބާ؟

ޑަމްޕިންގ އަކީ ކޮންމެވެސް އެއް ގައުމެއްގެ ކުންފުންޏަކުން އެ ކުންފުނީގެ އުފެއްދުމެއް، އެ އެއްޗެއް އުފައްދާ ގައުމުގައި ވިއްކާ އަގަށް ވުރެ ދަށް އަގެއްގައި ބޭރު ގައުމެއްގެ ބާޒާރުގައި ވިއްކުމެވެ. ބައެއް ފަހަރު އެ ތަކެތި އުފެއްދުމަށް ހިނގާ ހަރަދަށް ވުރެ ވެސް ކުޑަ އަގެއްގައި ވިއްކައެވެ. މީގެ ބޭނުމަކީ ބޭރު ބާޒާރުގައި ވާދަވެރިން ބަލިކޮށް، ބާޒާރުގެ ބޮޑު ހިއްސާއެއް ހޯދުމެވެ. މި ގޮތަށް ވިއްކާ ވިއްކުމަށް ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ޑަބްލިއުޓީއޯ) އިން ވެސް ބަލައެވެ. ޑަބްލިއުޓީއޯގެ އެންޓި ޑަމްޕިންގ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން، އެއް ގައުމެއްގެ އުފެއްދުމެއް އެހެން ގައުމެއްގެ ބާޒާރަށް "ނޯމަލް ވެލިއު" އަށް ވުރެ ދަށް އަގެއްގައި ތައާރަފުކުރެވިއްޖެ ނަމަ، އެއީ ޑަމްޕިންގ ކަމުގައި ބެލެވެއެވެ.

ޑަމްޕިންގެ ސަބަބުން ލިބޭ ގެއްލުމާއި ފައިދާތައް

ޑަމްޕިންގގެ ސަބަބުން އެ މުދާ ގަންނަ ފަރާތްތަކަށް ކުޑަ އަގެއްގައި ތަކެތި ލިބުމުގެ ފައިދާ ކުރު މުއްދަތެއްގައި ކޮށްފާނެއެވެ. ނަމަވެސް، ދިގު މުއްދަތުގައި ބަލާއިރު، އެ ގައުމެއްގެ އިގުތިސާދަށް ވަރަށް ބޮޑެތި ގެއްލުން ލިބެއެވެ. އެ ގައުމެއްގެ ވިޔަފާރިތަކަށް ވާދަކުރެވޭ ވަރަށް ވުރެ އަގު ދަށްވެ، އެ ގައުމުއްގެ ވިޔަފާރިތައް ބަންދުކުރަން ޖެހި، ވަޒީފާ ގެއްލި، މުޅި ސިނާއަތެއް ހަލާކުވެ ހިނގައިދާނެއެވެ. ޑަމްޕިންގ ކުރާ ކުންފުނީގެ ހަގީގީ ލަނޑުދަނޑި އާންމު ގޮތެއްގައި ހާސިލްވަނީ ވެސް މި ހިސާބުންނެވެ. ވާދަވެރިން ބާޒާރުން ބޭރުވީމާ، އެ ކުންފުނިން ބޭނުން އަގެއްގައި ތަކެތި ވިއްކައެވެ.

އެންޓި ޑަމްޕިންގ ޑިއުޓީ

މި ކަމާ ދެކޮޅަށް ގައުމުތަކުން އެޅޭނެ އެންމެ އާންމު ފިޔަވަޅަކީ "އެންޓި ޑަމްޕިންގ ޑިއުޓީ" ނެގުމެވެ. މާނައަކީ ޑަމްޕް ކުރެވޭ މުދަލުން އިތުރު ޓެކުހެއް ނެގުމެވެ. ޑަބްލިއުޓީއޯގެ ގަވާއިދުތަކުން ގައުމުތަކަށް މި ހައްގު ދީފައި އޮވެއެވެ. ނަމަވެސް، އެންޓި ޑަމްޕިންގ ޑިއުޓީ ނެގެނީ ވެސް ވަކި ޝަރުތުތަކެއް ފުރިހަމަ ވީމައެވެ. ޑަމްޕިންގ ހިނގާކަން ސާބިތުކޮށްދީ، ދާހިލީ ސިނާއަތަށް ގެއްލުން ލިބޭކަން ދައްކައި، އެ ދެ ކަމުގެ ދެމެދުގައި ގުޅުމެއް އޮތްކަން ހާމަކުރަން ޖެހެއެވެ.

ޗައިނާ އަކީ ޑަމްޕިންގ އެންމެ ބޮޑަށް ކުރާ ގައުމު

ފަހުގެ ތާރީހުގައި ޑަމްޕިންގގެ މައްސަލަ އެންމެ ބޮޑަށް ފެންމަތިވެފައިވަނީ ޗައިނާގެ އުފެއްދުންތަކާ ގުޅިގެންނެވެ. ޗައިނާއިން ދަގަނޑާއި، ސޯލާ ޕެނެލާއި، އިލެކްޓްރިކް ވެހިކަލް ފަދަ ތަކެތި ވަރަށް ދަށް އަގުގައި ދުނިޔޭގެ ބާޒާރަށް ނެރެމުން ގެންދާ ކަމަށް ބުނެ އެމެރިކާ، ޔޫރަޕުގެ އިއްތިހާދު، އަދި އެހެން ގައުމުތަކުން ވެސް ފިޔަވަޅު އަޅައެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރީގައި މި ވަގުތު ވެސް ބަހުސް ކުރެވެމުންދާ ބޮޑު މައްސަލައެކެވެ.

ޑަމްޕިންގެ އަސަރު ރާއްޖެއަށް ކުރޭތަ؟

އެހެން ގައުމުތަކާ އެއްފަދައިން ރާއްޖެއަށް ވެސް ވަރަށް ބޮޑަށް ޑަމްޕިންގެ އަސަރުކުރެއެވެ. އެގޮތުން، ކުދި ގައުމުތަކުގެ ނަޒަރުން ބަލާއިރު ޑަމްޕިންގ އަކީ ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެކެވެ. ރާއްޖެ ފަދަ އިމްޕޯޓުކުރުމަށް ބަރޯސާވާ ގައުމެއްގައި، ދަށް އަގުގައި ތަކެތި ލިބުމަކީ ފުރަތަމަ ނަޒަރުގައި ފައިދާއެއް ކަމުގައި ހީވެދާނެއެވެ. ނަމަވެސް ދިގު މުއްދަތުގައި، ދާހިލީ އުފެއްދުންތެރިކަމާއި ކުދި ވިޔަފާރިތައް ހެދިބޮޑުވުމަށް ހުރަސް އެޅެއެވެ.

ރާއްޖެއިން ޑަމްޕިންގ އާ ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް

ޑަމްޕިންގ އާ ދެކޮޅަށް ދާދިފަހުން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، އެ ބޭންކުން ވަނީ ޝީއިން އާއި ޓެމޫފަދަ ސައިޓުތަކުން ވިޔަފާރިކުރާއިރު 30 ޕަސެންޓާހަމައަށް ފީއެއް ނަގަން ފަށާފައެވެ. ބީއެމްއެލް އިން މި ފިޔަވަޅު އަޅާފައިވަނީ ޗައިނާގެ ނަން މަޝްހޫރު އޮންލައިން ވިޔަފާރިކުރާ ސައިޓެއް ކަމަށްވާ ޓެމޫ އިން ރާއްޖެއަށް މުދާތައް ވިއްކަން ފެށިފަހުން، އޭގެ ޑިމާންޑް އިންތިހާއަށް ބޮޑުވެ، އެ ބޭންކަށް ވަންނަ ޑޮލަރަށް ވުރެ ބޭރުވާ ޑޮލަރުގެ އަދަދު އިތުރުވުމުގެ ސަބަބުންނެވެ. މިކަމުން ވެސް ޑަމްޕިންގެ ނުރައްކާތެރިކަން ދޭހަވެގެންދެއެވެ.

ވީމާ، ބައިނަލްއަގުވާމީ ވިޔަފާރީގެ މި ނާޒުކު މައްސަލައާ މެދު ހޭލުންތެރިވެ ތިބުމަކީ ކޮންމެ ބޭފުޅަކަށް ވެސް މުހިންމު ކަމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޮރެއަން ސްކިންކެއާގެ މަގުބޫލުކަން މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ ކީއްވެ؟
05 Nov 2026 ލައިފްސްޓައިލް

ކޮރެއަން ސްކިންކެއާގެ މަގުބޫލުކަން މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ ކީއްވެ؟

ކުރިން ކޮރެއާގައި އެކަނި މަގުބޫލުކަން އޮތް މި އުފެއްދުންތައް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އާންމު ދިރިއުޅުމުގެ ބަޔަކަށް ވެފައިވާއިރު، މިއީ ހަމައެކަނި ވަގުތީ ޓްރެންޑެއް ނޫނެވެ. މި އުފެއްދުންތަކަށް އޮތް ޑިމާންޑް ދުވަހުން ދުވަހަށް އިތުރުވަމުންދަނީ އެއިން ލިބޭ ހަގީގީ ނަތީޖާއާއި އޭގެ ފަހަތުގައިވާ ސިއްހީ ފައިދާތަކުގެ ސަބަބުންނެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
04 Nov 2026 ވިޔަފާރި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށްޓަކައި ހިންގާ މި ޕްރޮގްރާމާ ބެހޭގޮތުން ދިރާގުން ބުނީ، މިއީ ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށްވާއިރު، މި ޕްރޮގްރާމުން ޒުވާނުންގެ މުސްތަގުބަލަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

މޯލްޑިވް ގޭހުން ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލެއް
04 Nov 2026 ވިޔަފާރި

މޯލްޑިވް ގޭހުން ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލެއް

ގޭސް އަޅައިދޭ މިންވަރަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. ގޭސް އެޅައިދޭ މިންވަރަށް ބަދަލުތަކެއް ގެނައި ނަމަވެސް، ފައިސާ ނަގަމުންދާނީ ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް ބިނާކޮށް، މިހާރުވެސް ކަނޑައެޅިފައިވާ ކިލޯގެ ރޭޓުންނެވެ. އެހެންކަމުން، މި ބަދަލާ ގުޅިގެން ގޭހުގެ އަގު ބޮޑުވެގެން ނުދާނެކަމަށް އެ ކުންފުނިން ބުނެއެވެ

އަރާމު، ފެންވަރު ރަނގަޅު ބެޑްޝީޓް ހެޔޮ އަގުގައި ގަތުމަށް ދާންވީ ދުއްރައަށް!
04 Nov 2026 ވިޔަފާރި

އަރާމު، ފެންވަރު ރަނގަޅު ބެޑްޝީޓް ހެޔޮ އަގުގައި ގަތުމަށް ދާންވީ ދުއްރައަށް!

އެހެންނަމަވެސް، މިހާރު "ދުއްރަ" (ޑުރރަ) އާއެކު މިކަމަށް މިވަނީ ފުރިހަމަ ހައްލެއް ލިބިފައެވެ. ސްޓައިލިޝް އަދި ޕްރީމިއަމް ފެންވަރުގެ ބެޑްޝީޓްތަކުގެ ކަލެކްޝަނަކާއެކު، ދުއްރަ އިން މިވަނީ ހެޔޮ އަގުގައި ހޯލްސޭލް އަދި ރީޓެއިލްކޮށް މި ތަކެތި ލިބޭނެ މަގު ފަހިކޮށްދީފައެވެ.

މޯލްޑިވިއަންއިން ލަގްޒަރީ ދަތުރުތައް ފަށަނީ؛ "ކިންގް އެއާ 360" ގެ ބޯޓެއް ގެނެސްފި
02 Nov 2026 ވިޔަފާރި

މޯލްޑިވިއަންއިން ލަގްޒަރީ ދަތުރުތައް ފަށަނީ؛ "ކިންގް އެއާ 360" ގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އިން ބުނީ 8 ފަސިންޖަރުން އުފުލޭ މި ބޯޓަކީ ލަގްޒަރީ ދަތުރުތަކަށް ހާއްސަ ބޯޓެއް ކަމަށެވެ.

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ
31 Oct 2026 ހަބަރު

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ

އެމްޓީސީސީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ.

އެލައިޑްގެ މޮޓޯ ތަކާފުލް؛ އުޅަނދާއި ފުރާނައަށް ރައްކާތެރިކަން
30 Oct 2026 ވިޔަފާރި

އެލައިޑްގެ މޮޓޯ ތަކާފުލް؛ އުޅަނދާއި ފުރާނައަށް ރައްކާތެރިކަން

މަގުމަތީގައި ދުއްވާ ކޮންމެ ވަގުތަކީ ވެސް ހީނުކުރާ ފަދަ ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެ ވަގުތެކެވެ. ތިމާ ކިތަންމެ ސަމާލުވެ ރައްކާތެރިކަމާއެކު ދުއްވި ނަމަވެސް، އެހެން ފަރާތެއްގެ އިހުމާލުން ނުވަތަ ކުއްލި ހާލަތެއް މެދުވެރިވެގެން ވެސް އެކްސިޑެންޓެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ "އެލައިޑް ތަކާފުލް" މެދުވެރިކޮށް ފޯރުކޮށްދޭ "މޮޓޯ ތަކާފުލް" ޕްލޭންތަކަކީ، ޝަރީޢާގެ ހަމަތަކާ އެއްގޮތަށް ތިބާއާއި ތިބާގެ އުޅަނދަށް މަގުމަތީގައި ދިމާވެދާނެ ގެއްލުންތަކަށް މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭންތަކެކެވެ.