މާފުށިން ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމުކޮށް ޝަކުވާއަށް ހުޅުވާލައިފި!
ކ.މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާއިފިއެވެ.
ކ. މާފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، "ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު"ގެ 22 އަދި 23 ވަނަ މާއްދާގެ ދަށުން ކ. މާފުށިން ބަންޑާރަ ގޯތި ހޯދުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ގެޒެޓުގައި އިއުލާންކޮށްފައިވާ ކަަމަށެވެ. އަދި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން، އާންމުކޮށްފައިވާ ލިސްޓާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، 24 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ލިޔުމުން ޝަކުވާ ހުށަހެޅުމަށް އެދިފައިވެއެވެ.
އަދި ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި މާފުށީ ކައުންސިލު އިދާރާގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް މެއިލްކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް