ހޯނޑެއްދޫ އެމްޑީޕީ ޖަގަހަ އަށް ކަޅުތެޔޮ ޖަހައިފި!
ގދ. ހޯނޑެއްދޫގެ އެމްޑީޕީ ހަރުގެއަށް ބަޔަކު ކަޅުޔެތޮ ޖަހައިފިއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުން ހޯނޑެއްދޫގެ އެމްޑީޕީ ޖަގަހައިގެ ފާރަށާއި، ހަރުގޭގައި ހުރި ގޮނޑިތަކާއި މޭޒުތަކާއި އެހެން ތަންތަނަށް ވެސް ހުރީ ކަޅުތެޔޮ ޖަހައިފައެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޯނޑެއްދޫ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮޖެހި މައްސަލަ މިއަދު ހެނދުނު 6:00 ގައި އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށާއި އެކަން ހިނގި ގޮތް ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ހޯނޑެއްދޫގެ އިތުރުން ދާދިފަހުން ވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގދ. މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ހުޅުޖަހައި ރޯކޮށްލާފައެވެ. އަދި
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް