އެމްއެންޑީއެފް އުޅަނދަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި!
އެމްއެންޑީއެފްގެ އުޅަނދަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާލޭ ބޮޑުތަކުރުފާނު މަގު، ކަޅުތުއްކަލާ ކޮށި ކައިރީ އެމްއެންޑީއެފްގެ އުޅަނދަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު މެންދުރު 02:20 ކަންހާއިރު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންނަމަވެސް، ސައިކަލަށް ގެއްލުން ވެފައިވާއިރު، ސައިކަލު އޮތީ ގޮނޑިތަކެއް އަރުވާފައި އޮތް އެ އެމްއެންޑީއެފް އުޅަނދުގެ ދަށުގަ އެވެ.
މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް