އުކުޅަހު ޕްރިންސިޕަލް ޝަހުލާ އިމާދު
އުކުޅަހު ޕްރިންސިޕަލް ޝަހުލާ އިމާދު
ރިޕޯޓް 15 Nov 2022 | 04:15

ދަރިވަރުން ލައްވައި ނަށަން މަޖުބޫރުކޮށް އުކުޅަހު ޕްރިންސިޕަލްގެ އަމުރެއް ޓީޗަރުންނަށް!

އއ. އުކުޅަހު ޕްރިންސިޕަލް ޝަހުލާ އިމާދު، އެ ސުކޫލުގައި މަސައްކަތް ކުރަމުންދާ ޓީޗަރުންނަށް ބިރުދައްކައި, ދިނާއި ބީރަށްޓެހި ކަންކަން ދަރިވަރުން ލައްވައި ކުރުވުމަށް އަމުރުކޮށް، އެކަން ނުކުރާނެ ކަމަށް ބުނާ ޓީޗަރުންނަށް އިންޒާރުދޭ މައްސަލަ އެއް ފެންމަތިވެއްޖެއެވެ.

އުކުޅަހު ސުކޫލުގެ ބައެއް ޓީޗަރުންނާއި ބެލެނިވެރިން އެ ރަށުގެ ސުކޫލުގެ ޕްރިންސިޕަލް ގެ މައްސަލަތައް "ވޮއިސް" އާއި ހިއްސާ ކުރައްވާފައިވާއިރު، އެފަރާތްތަކުން ދިން މައުލޫމަތުން ހާމަވެފައިވާ ގޮތުގައި މިއީ އަލަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް، މިފަހުން މި މައްސަލަ އިންތިހާއަށް ބޮޑުވެގެން ގޮސްފައި މިވަނީ އެރަށު ޕްރީސްކޫލް ގެ ދަރިވަރުންނަށް ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސާޓެއްގައި މިއުޒިކާއި އެކުގައި ކުދިން ލައްވައި ނަށުވަން އެ ކްލާސް ތަކަށް ކިޔަވައިދޭ ޓީޗަރުން އިންކާރު ކުރުމާއި ގުޅިގެންނެވެ.

"ޕްރީ ސުކޫލުގެ ކުދިންގެ މި ކޮންސާޓުގައި މިއުޒިކު ނުލައިވެސް ކުދިންގެ ވަރަށް ގިނަ ހުނަރުތައް ދައްކާލެވޭ ހަރަކާތްތައް ޓީޗަރުން އެބަ ހުރި ރާވާފައި. ބެލެނިވެރިންގެ މެޖޯރިޓީ ބޭނުމެއް ނުވޭ މިއުޒިކް ލައިގެން ކުދިން ނަށުވާކަށް. އެގޮތަށް އެކަން ކުރުވާނަމަ ކުދިން ބައިވެރިވެސް ނުކުރާނެ ކަމަށް ބެލެނިވެރިން ބުނަނީ. ވީއިރު އެތައް ކުދިންގެ ހައްގު ތަކެއް ގެއްލިގެން މިދަނީ.  އެކަމަކު ޕްރިންސިޕަލް މި ބޭނުންވަނީ މިއުޒިކާއި އެކު އެކަން ކުރުވަން." އުކުޅަހު ސުކޫލުގެ ޓީޗަރެއް ވޮއިސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ކޮންސެޓްގައި ޓީޗަރުން ބައިވެރިވާންޖެހޭނެކަމަށް ބުނެ ޕްރިންސިޕަލް ޝަހުލާ ފޮނުވާފައިވާ ސިޓީ---ފޮޓޯ: މީސްމީޑީއާ

އުކުޅަހު ސުކޫލުން ވޮއިސް އަށް މައުލޫމާތު ހިއްސާ ކުރި ޓީޗަރުން އިތުރަށް ވިދާޅުވީ، އެ މައްސަލާގައި، އެ ސުކޫލުގެ ޕްރިންސިޕަލް ވަނީ ނެށުމުގެ ހަރަކާތް ކޮންސާޓުގައި ހިމެނުމަށް އަންގައި ޕްރީ ސުކޫލް ޓީޗަރުންނަށް ސިޓީ ވެސް ފޮނުވާފައެވެ. އަދި އޭގެ އިތުރުން އެކި ފަހަރުމަތިން އިންޒާރުވެސް ދީފައިވާ ކަމަށެވެ. އެގޮތުން، އެހެން ޓީޗަރުންނާއި އެކު ބޭއްވި ބައްދަލު ވުންތަކުގައި ވަޒީފާގެ ބިރު ދައްކައި، އެޑިއުކޭޝަން މިނިސްޓްރީއަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެ އިންޒާރު ދީފައިވާއިރު، އެ ޓީޗަރުންނާއި ވަކި ވަކިންވެސް ޕްރިންސިޕަލް ބައްދަލު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މަގާމައި ހަވާލުވި ދުވަހުން ފެށިގެންވެސް ކުރަނީ ޖެއްސުން

އުކުޅަހު ސުކޫލުން މައުލޫމާތު ދެއްވި އެހެން ޓީޗަރަކު ވިދާޅުވި ގޮތުގައި، އެ ސުކޫލު ޕްރިންސިޕަލް ޝަހުލާއަށް އެ މަގާމު ލިބިފައިވަނީވެސް ސިޔާސީ ނުފޫޒުންނެވެ. އެގޮތުން، އެ ސުކޫލުގެ ޕްރިންސިޕަލް ކަމަށް އޭނާ އަށްވުރެ ގާބިލް ތަޖުރިބާ ކާރު މީހުން ކުރިމަތިލާފައިވަނިކޮށް އެމީހުންގެ ތެރެއިން މީހަކު ޕްރިންސިޕަލް ގެ މަގާމަށް އައްޔަން ކުރުމުގެ ބަދަލުގައި ޝަހުލާ އަށް އެ މަގާމު ދީފައިވަނީވެސް ސިޔާސީ ގޮތުން އޮންނަ ވަރުގަދަ ގުޅުމެއްގެ ސަބަބުންނެވެ. އަދި ޓީޗަރުންނާއި ބެލެނިވެރިން އޭނާ އާއި ގުޅިގެން އެކި ފަހަރު މަތިން ޝަކުވާ ކުރަމުންދާއިރުވެސް އެ މަގާމުން އޭނާ ވަކި ނުކުރެވިފައިވަނީ ސިޔާސީ ސަބަބު ތަކާއި ހުރެކަމީ އެރަށު ގިނަ ބަޔަކު ގަބޫލު ކުރާނެ ހަގީގަތެއްކަން އެސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިން ވެސް ބުނެފައިވެއެވެ.

އުކުޅަސް ސްކޫލް

މީގެ އިތުރުން ޝަހުލާ ޕްރިންސިޕަލް ކަމުގެ މަގާމާއި ހަވާލު ވީއްސުރެވެސް އޭނާ އަންނަނީ އެކި ގޮތްގޮތުން ޓީޗަރުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، ޖެއްސުންކޮށް އިންޒާރު ދެމުން ކަން ފާހަގަކުރައްވައި އެ ސުކޫލުން މައުލޫމާތު ދެއްވި ޓީޗަރު ވިދާޅުވީ، މީގެ ކުރިންވެސް އެ މައްސަލަ ބޮޑުވެގެން ޓީޗަރުންގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 13 ވަނަ ދުވަހު، އުކުޅަހު ސުކޫލުގައި މަސައްކަތް ކުރަމުންދާ 23 ޓީޗަރުންގެ ސޮޔާއިއެކު އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޢަލީ އަށް ހުށަހެޅުއްވި އެ ޕެޓިޝަނުގައިވެސް ޓީޗަރުން ވަނީ ޕްރިންސިޕަލާއި ގުޅިގެން ހުރި ގިނަ ކަންބޮޑުވުންތަކެއް ހިއްސާ ކުރައްވާފައެވެ. އެ ޕެޓިޝަނުގައި ފާހަގަކުރައްވާފައިވާ ކަންކަން "ވޮއިސް" އާއި ހިއްސާ ކުރައްވާފައިވާއިރު އޭގެ ތެރޭގައި އަންނަނިވި ނުކުތާތައް ހިމެނެއެވެ.

1) ސުކޫލުގެ ކަންކަން ވޭހާވެސް ބުރަކޮށް، ތަކްލީފް ބޮޑުކޮށް ކުރިއަށް ގެންދަން މަސައްކަތް ކުރުން

2) ސުކޫލު އެއްވެސް ކަމެއްގައި ޓީޗަރުންނާއި، ލީޑިން ޓީޗަރުންނާއި އަދި ސީނިއަރ މެނޭޖްމަންޓާއި ވެސް މަޝްވަރާ ނުކޮށް އަމިއްލައަށް ފެންނަ ގޮތަށް ކަންކަން ނިންމަމުން ދިޔުން

3) ސްޓާފް މީޓިން ތަކާއި އެނޫންވެސް މީޓިން ތަކުގައި މުވައްޒަފުން މަސައްކަތަށް ފަރުވާ ކުޑަ ކުރާ ކަމަށާއި، އޭގެ ސަބަބުން އެޕްރައިސަލް އަށް އަސަރު ކުރާނެ ކަމަށާ، އަދި ފިޔަވަޅުވެސް އަޅާނެ ކަމަށް ބުނެ އެކި ގޮތްގޮތަށް ބިރު ދެއްކުން

4) ޓީޗަރުންގެ ކުރިމަތީގައި ޓީޗަރުންގެ އަގު ވައްޓާލަން އެކި ވާހަކަ ދެއްކުން

5) އުނގަންނައި ދިނުމަށް ޓީޗަރުންނަށް ވަގުތު ނުދީ, ތަފާތު އެކި ބޭކާރު މީޓިން ތަކާއި އެނޫންވެސް ބޭކާރު މަސައްކަތް ހަވާލު ކޮށްގެން މުޅި ދުވަސް ވަންދެން ޓީޗަރުން އެކަމުގެ ތެރޭގައި ބޭތިއްބުން އެޑިކޭޝަން

މިނިސްޓްރީން ވެސް މާ ބޮޑު އެއްބާރުލުމެއް ނުލިބުނު

އުކުޅަހު ސުކޫލުގައި އެތައް އަހަރު ތަކެއް ވާންދެން ކިޔަވައި ދިނުމުގައި މަސައްކަތް ކޮށްފައިވާ އެތަށް ތީޗަރުންނެއް ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި އެ ޕެޓިޝަނާއި ގުޅިގެން އެޑިއުކޭޝަން އިން ދިން ޖަވާބަކީ "އެ މައްސަލަ ބަލަމުންދާ" ކަމަށެވެ.

އެހެންނަމަވެސް، އެކަން ނުބެލި ގިނަ ދުވަސްވެ މައްސަލަ ހޫނުވުމާއި ގުޅިގެން މައްސަލަ ހައްލު ކުރަން ކަމަށް ބުނެ އެ ސުކޫލަށް މޭނާ ސުކޫލުގެ ޕްރިންސިޕަލް އެޑިޔުކޭޝަން މިނިސްޓްރީން ފޮނުވި ކަމަށް އެ ސުކޫލް ޓީޗަރު ވިދާޅުވިއެވެ. ނަމަވެސް އެ ޕްރިންސިޕަލް ވެސް އެތަނުގައި އުޅުމަށްފަހު ދިޔައިރުވެސް އެ މައްސަލަ ހައްލު ނުވެ ހަމަ ކުރި އެކޭވެސް އެއްގޮތަށް އަދި އަދަށް ދާންދެންވެސް އޮތް ކަމަށް އެ ޓީޗަރު ފާހަގަކުރެއްވިއެވެ.

އަދި ކުރިން ހުށަހެޅި ޕެޓިޝަނުގެ އިތުރުންވެސް އިތުރު ދެ ޕެޓިޝަނެއް އުކުޅަހު ސުކޫލުގެ ޓީޗަރުން އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހަޅާފައިވާއިރު، އެކަމުގައި މިނިސްޓްރީގެ ފަރާތުން އެއްބާރުލުހުން ލިބިފައި ނުވާ ކަމަށް އެ ސުކޫލު ޓީޗަރުން ބުނެއެވެ.

އަދި އޭރުވެސް އަދި މިހާރުވެސް ޝަހުލާ އަންނަނީ އުކުޅަހު ސުކޫލު ޓީޗަރުންނާއި ގުޅުވައި، ތަފާތު އެކި ދޮގުތައް އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންގެ އަރިހުގައިވެސް ހަދަމުން ކަމަށާ، އެފަދަ ކަންކަން ހާމަވެގެން ދަނީ ޓީޗަރުންގެ ފަރާތުން މިނިސްޓްރީ އާއި ގުޅައި ވާހަކަ ދެއްކެވުމުން ކަމަށްވެސް އެ ސުކޫލު ޓީޗަރުން މައުލޫމާތުދެއެވެ.

"ސުކޫލު ކަންކަމުގައިވެސް، ޓީޗަރުންގެ ކަންކަމުގައިވެސް، ޓީޗަރުން ކައިރީވެސް، އެޑިޔުކޭޝަން މިނިސްޓްރީގައިވެސް ޕްރިންސިޕަލް ހައްދަވަނީ ދޮގު. ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދޮގު ހައްދަވަނީ. އެހެންވެ މިހާރު ގިނަ ޓީޗަރުންވެސް އެފަދަ ހާލަތްތަކުގައި ސީދާ ކަން އޮތްގޮތް ޕްރިންސިޕަލަށް ދަންނަވާނެ. މީޓިންގް ތަކުގައި ވެސް. އެ ހައްދަވާ ދޮގުތައް ހާމަކުރަނީ."  އުކުޅަހު ސުކޫލުން މައުލޫމާތު ދެއްވި ޓީޗަރު ވިދާޅުވިއެވެ.

އުކުޅަހު ސުކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންގެ ފަރާތުން ވެސް އެނގިގެން ދިޔައީ، ސުކޫލެއްގެ ޕްރިންސިޕަލެއްގެ ފަރާތުން ފެންނަން ނުޖެހޭ އެތައް ކަމެއް އެ ސުކޫލުގެ ޕްރިންސިޕަލްގެ ފަރާތުން ފެންނަމުންދާ ކަމަށެވެ. ސުކޫލު ޓީޗަރުންނަށް އިންތިހާއަށް ޖެއްސުން ކޮށް ބިރުދައްކަމުން ދިޔުމުގެ ސަބަބުން އެ ޓީޗަރުން މިހާރު ތިބީ އެ މީހުން އެންމެ ލޯބިވާ އެ ވަޒީފާ އަދާކުރަން ސުކޫލަށް ދާންވެސް ފޫހިވެފައެވެ. އަދި ލޮލުގެ ކޮއި ފަދަ ދަރިން އެފަދަ ޕްރިންސިޕަލެއްގެ ދަށުން ހިންގަމުންދާ ސުކޫލަކަށް ފޮނުވަން ބެލެނިވެރިންވެސް ތިބީ ޖެހިލުންވެ ކަންބޮޑުވެފައެވެ. ދަރިވަރުންގެ މުސްތަގްބަލް އުޖާލާ ކުރުމަށް އެންމެ ބޮޑު ދައުރެއް އަދާ ކުރާ އެއްތަނަކީ ސުކޫލު ކަމުގައި ވާއިރު ސިޔާސީ ނުފޫޒުން ކަމަށް ގާބިލު ނޫން މީހުން އެފަދަ ތަންތަނުގެ އިސް މަގާމަށް ލުމަކީ ކުރިއަށް އޮތް އެތަށް ޖީލެއް ހަލާކު ތެރެއަށް ވައްޓާލުން ނޫން ކަމަކަށް ނުވާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިރާސީ އަހަރު ޖެނުއަރީގައި ފެށުމަށް ގާނޫނުގައި ކަނޑައަޅަނީ
26 Oct 2026 ހަބަރު

ދިރާސީ އަހަރު ޖެނުއަރީގައި ފެށުމަށް ގާނޫނުގައި ކަނޑައަޅަނީ

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ބިލެއްގައި، ދިރާސީ އަހަރު ކިޔެވުން ފެށޭނެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަސް ކަމުގައި ތަޢުލީމާބެހޭ ޤާނޫނުގައި ކަނޑައަޅުއްވައި، އެކަން ހިމަނާފައިވެއެވެ.

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ
15 Oct 2026 ހަބަރު

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ލަވަ މުބާރާތްތައް ހުއްޓި، ތަޢުލީމީ މުޅި ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
05 Oct 2026 ހަބަރު

ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ

ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ދަރިވަރުންނާއި މުދައްރިސުންގެ ނަފުސާނީ ދުޅަހެޔޮކަމަށް އިސްކަންދީ، ސްކޫލުތަކުގެ މާޙައުލު ރައްކާތެރި އަދި އުފާވެރި ތަނަކަށް ހެދު...

8000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އަދި އެޗްއެސްސީ އިމްތިޙާނު ފަށައިފި
20 Sep 2026 ހަބަރު

8000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އަދި އެޗްއެސްސީ އިމްތިޙާނު ފަށައިފި

މިއަހަރުގެ ކެމްބްރިޖް އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނު 8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއަދު ފެށި މި އިމްތިޙާނުތައް ފަށާފައިވަނީ އެސްއެސްސީ ދިވ...

ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
16 Sep 2026 ހަބަރު

ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު

ރާއްޖެފަދަ ގައުމެއްގައި ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް ކަމަށް ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ. ހަސަން މިހެން ވިދާޅުވީ ދަށު ސާނަވީ އި...

ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
16 Sep 2026 ހަބަރު

ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން

އަލްމަދަރުސަތުލް އިސްލާމިއްޔާގެ, ދެހާސްސައުވީސް ވަނަ އަހަރު އެންމެ މޮޅު ދަރިވަރުންނަށް ދެބައިން ހޮވި އެ ސުކޫލުގެ ތާރީހުން އެ ދެބެން ޖާގަ ހޯދައިފި އެވެ. އަރަބިއްޔާ ސުކޫލުގެ އެންމެ މޮޅު ދަރިވަރުންނަށް ހ...