މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަން ގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު-- ފޮޓޯ/މަޖިލިސް
މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަން ގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު-- ފޮޓޯ/މަޖިލިސް
ހަބަރު 15 Nov 2023 | 13:19

ސަޕްލިމެންޓްރީ ބަޖެޓަކީ މިނިސްޓަރ އަމީރާއި ސަރުކާރު ކޮށްފައިވާ ވައްކަމުގެ ރަސީދު: ރައީސް ނަޝީދު

ސަޕްލިމެންޓްރީ ބަޖެޓްގެ ނަމުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނީ މި ސަރުކާރުން ކޮށްފައިވާ ވައްކަން ތަކުގެ ރަސީދެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ބަޖެޓާއި ގުޅޭ ކަންކަން ކުރިއަށް ގެންދާނޭގޮތް ދިވެހިރާއްޖޭގެ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކުގައި އޮންނަ ކަމަށެވެ. އެގޮތުން ދައުލަތުގެ ފައިސާ ޚަރަދު ކުރުމަށް އޮންނަނީ މަޖިލީހުން ފާސް ކުރުމުން އެ ފާސް ކުރާ މިންވަރަށް، އެ ހުއްދަ ދޭ ކަންކަމަށް އެކަނި ކަމަށެވެ.

ދައުލަތުގެ ފައިސާ ޚަރަދު ކުރުމެއް ނޯވޭ ރައީސުލްޖުމްހޫރިއްޔާ ބޭނުންވެވަޑައިގަންނަވާ ކަންކަމަށް، ނުވަތަ ވަޒީރު ބޭފުޅުން އެދިވަޑައިގަންނަވާ ކަންކަމަށް.

ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، އަދުގެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ 'ކޭޝްފްލޯ' ބަލަހައްޓަވަން އެނގިވަޑައި ނުގެންނެވުން ކަމަށެވެ. އޭގެ ސަބަބުން މަސް ނިމޭއިރު އަތްމަތި ދަތިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއީ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅި ފުރަތަމަ ފަހަރެއް ނޫން މި ސަރުކާރުން. އެހެންނަމަވެސް މިފަހަރު މިވާ ގޮތަކީ، ކެޔޮ ކޭ ވަރު މާ ބޮޑަށް އެނގެނީ. ބިތުފަންގި ނެގޭތީވެ.

ރައީސް މުހައްމަދު ނަޝީދު

ނަޝީދު އިތުރަށް ވިދާޅުވީ ދައުލަތުގެ ބަޖެޓް ހުސްވެފައިވާކަން ވީކްލީ ފިސްކަލްމަންޓް ސީރީސް އިން އެނގެން އޮތް ކަމަށެވެ.

މީގެން މާ ބޮޑަށް ސާފުވާން މި އޮތީ، ބަޖެޓް އެކީ ހުސްކޮށްލައްވައިފިކަން. ބައްލަވާ ޕްލޭނިންގ މިނިސްޓްރީގެ ޔުޓިލައިޒްޑް މިންވަރާ އަން ޔުޓިލައިޒްޑް މިންވަރާ. އަން ޔުޓިލައިޒްޑް މިންވަރެއް ނެތް. 44 ވަނަ ހަފްތާއަށް އައި އިރުގައި.

ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ދައުލަތުގެ އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތު ހާމަކޮށްނުދީ ނުބެހެއްޓޭނެ ކަމަށާ، ރައްޔިތުންގެ ފައިސާއަކީ ބޭނުންވާހާ ގޮތަކަށް ބޭނުން ބަޔަކަށް ބަހާލަން ހުރި ފައިސާއެއް ނޫންކަމަށެވެ. އަދި ދައުލަތުގެ ފައިސާއަކީ އެއީ ގައުމުގެ މުސްތަގުބަލުކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ގޮތަށް އެ ފައިސާއަށް ހިޔާނާތްވެ ވައްކަންކޮށްގެން ނުވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއާއެކު ނަޝީދު ވަނީ ސަޕްލިމެންޓްރީ ބަޖެޓަކީ މި ސަރުކާރުން ކުރި ވައްކަމުގެ ރަސީދެއް ކަމަށް ވިދާޅުވެފައެވެ.

މިއީ ސަޕްލިމެންޓްރީ ބަޖެޓެއް ނޫން. މިއީ ވައްކަމުގެ ރަސީދެއް. ވަރަށް މަދުން ވައްކަމުގެ ރަސީދެއް އަޅުގަނޑުމެންނަށް ލިބޭނީ. އެއްޗެއް ގަތީމާ ގިނަ ފަހަރަށް ރަސީދެއް މި ލިބެނީ. މިއޮތީ. މާލީ ވަޒީރާއި ސަރުކާރު ވައްކަން ކުރައްވާފައި، ރަސީދެއް މިތަނަށް ފޮނުއްވާފައި. މިއޮތީ ވައްކަމުގެ ރަސީދެއް. މިއަށްވުރެ ވަރުގަދަ ހެއްކެއް، ވަރުގަދަ ގަރީނާއެއް ނެތް. މިއޮތީ ބައިތުލްމާލުން އެތައް ބައެއް ނަގާފައި.

ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން މިހާރު ކުރަމުން ދާ މަސައްކަތަކީ ދައުލަތް ބަނގުރޫޓުކޮށްލުން ކަމަށެވެ. އަދި އިތުރަށް ގައުމަށް ގެއްލުން ދިނުމަށް ފުރުސަތު ނުދީ، މި ވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން ނިންމި ނިންމުމަކީ ދިވެހިންގެ ނަސީބުކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރަކާއި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.