ޔޫސުފް އަފަންދީ ޓްރައިފްލް
ޔޫސުފް އަފަންދީ ޓްރައިފްލް
ލައިފްސްޓައިލް 15 Dec 2023 | 05:00

މި ހުކުރު މެންދުރު ފޮނި އެއްޗަކަށް ޔޫސުފް އަފަންދީ ޓްރައިފްލް

ޔޫސުފް އަފަންދީ ނުވަތަ މެންޑްރިން އަކީ އޮރެންޖާއި ވައްތަރަށް ހުރި ނަމަވެސް ރަހައިގެ ގޮތުން އޮރެންޖާއި ތަފާތު އެއްޗެކެވެ. އެއިން ތައްޔާރު ކުރެވޭ ތަކެތިވެސް އޮރެންޖުން އެ ތައްޔާރު ކުރުމުންލާ ރަހައަށްވުރެ މީރެވެ. އެހެންކަމުން މިއަދު 'ވޮއިސް'ގެ ބަދިގެއިން މި ގެނެސްދެނީ ޔޫސުފް އަފަންދީ ޓްރައިފްލް ތައްޔާރު ކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި

މާރީ ބިސްކޯދު

330 މިލިލީޓަރ ހެވީ ކްރީމް

150ގ ކްރީމް ޗީޒް

3 ޔޫސުފް އަފަންދީގެ ޖޫސް

75ގ ހަކުރު

5 ޔޫސުފް އަފަންދީ

100ގ އަލްމަންޑް (ތުނިކޮށް ކޮށާފައި)

ތައްޔާރު ކުރާނެގޮތް

1) ހެވީ ކްރީމް ތަށްޓަކަށް އަޅައި ހޭންޑް މިކްސަރަކުން ގާތްގަނޑަކަށް 3-5 މިނެޓްވަންދެން، ހެވީ ކްރީމް މަޑު ވެލަންދެން ވިސްކް ކުރާށެވެ.

2) އެހެން ތަށްޓެއްގައި، ކްރީމް ޗީޒާއި، ޔޫސުފް އަފަންދީ ޖޫހާއި، ހަކުރު ހޭންޑް މިކްސަރެއް ބޭނުން ކޮށްގެން ރަނގަޅަށް އެކުލަވާލާށެވެ.

3) ރަނގަޅަށް އެކުލެވުމުން ހެވީ ކްރީމް މަޑު މަޑު ކްރީމް ޗީޒް މިކްސްއަށް އެޅުމަށްފަހު ސަމުސަލަކުން ރަނގަޅަށް އެކުލަވާލާށެވެ.

4) ޔޫސުފް އަފަންދީ ނޮޅާލުމަށްފަހު، ހުރިހާ ފޮތި ފޮއްޗަށް ވަކި ކޮށްލާށެވެ. ދެން އޭގެ ބޭރުގައި ހުރި ތުނި ހުދު ކުލައިގެ ތޮށިވެސް ނޮޅާލާށެވެ.

5) ބިސްކޯދު އަތުން ކުދިކުދި ކުރުމަށްފަހު، ޓްރައިފްލް އަތުރާ ތަށީގެ އެންމެ ތިރީގައި ބިސްކޯދު ލެޔާރ އެއް ހަދާލާށެވެ. ދެން އޭގެ މަތީގައި ޔޫސުފް އަފަންދީ ފޮތި އަތުރާލާށެވެ. ޔޫސުފް އަފަންދީ ލެޔާރ މަތީގައި ކްރީމް ޗީޒް މިކްސްޗަރ ލެޔާރ އެއް އަތުރާލާށެވެ.

6) އިތުރު ލެޔާރ އެއް ހެދެން އިން ނަމަ ހެދުމަށްފަހު، ފަހު ކަމަކަށް މަތީގައި އަލްމަންޑް އަދި ޔޫސުފް އަފަންދީ ފޮތި އަތުރާލާށެވެ. ދެން ގާތްގަނޑަކަށް ލލ 2 ގަޑި އިރު ވަންދެން ފްރިޖްގައި ފިނި ކޮށްލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...