ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަރަހާނާ ސައިޓްތައް ބްލޮކް ކޮށްފި
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބަރަހަނާ ސައިޓްތައް ބޭނުން ނުކުރެވޭހެން ބްލޮކް ކޮށްފިއެވެ.
އެފަދަ ސައިޓްތަަކަށް ނުވަދެވޭހެން ބްލޮކް ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އަށް ސަރުކާރުން މިހާރު ވަނީ އަންގައިފައެެވެ. މިކަން ސަރުކާރުގެ އޮފިޝަލަކު ވަނީ ވޮއިސްއަށް ކަށަވަރުކޮށްދީފައެވެ.
ރާއްޖޭގައި ބޭނުންކުރާ މުވާސަލާތީ އެެއްވެސް ނެޓްވޯކެއް މެދުވެރިކޮށް އެފަދަ އެއްވެސް ސައިޓަކަށް ނުވަދެވޭހެން ބްލޮކް ކޮށްފައިވާއިރު މިއީ ރާއްޖޭގައި މިފަދައިން ބަރަހާނާ ވެބްސައިޓް ބުލޮކްކުރި ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި އެފަދަ ސައިޓްތައް ބްލޮކް ކުރުމަށް މީގެ ކުރިންވެސް ގިނަ ބަޔަކު ވަނީ ގޮވައިލައިފައެވެ. ނަމަވެސް މިއީ ސަރުކާރުން ރާއްޖޭގައި މިފަދަ ނިންމުމެއް ނިންމައި އެއަށް ޢަމަލު ކުރަން ފެށި ފުރަތަމަ ފަހަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް