އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް، އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޑީޕީން އިއްޔެގެ ވަގުތެއްގައި އެ ފުރުސަތު ހުޅުވާލާފައިވާއިރު، އިއްޔެއިން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 ޖަހަންދެން ޕްރައިމަރީގައި ވާދަކުރުމަށް އެދޭ ފަރާތްތަކުގެ ފޯމް އެޕާޓީން ބަލައިގަންނާނެއެވެ.
އެޕާޓީން މައުލޫމާތު ދޭގޮތުގައި ޕްރައިމަރީ ބާއްވާނީ، އެއް ފަރާތަށްވުރެ ގިނަ ފަރާތަކުން ވާދަކުރުމަށް ކުރިމަތިލާ ދާއިރާތަކަށެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ލިބޭނީ މިދިޔަ ހުކުރު ދުވަހުގެރޭގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންނަށެވެ. ހުކުރު ދުވަހުގެ ރެޔާއި ހަމައަށް އެޕާޓީއަށް ގިނަ މެންބަރުންތަކެއް ވަނީ ކުރިމަތިލާފައެވެ.
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުން ފޯމު ހުށައަޅާއިރު އެ ފަރާތަކަށް ތާއީދުކުރާ 200 މެންބަރުންގެ ސޮއި ހުށަހަޅަންޖެހޭކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް