އަލީ ވަހީދުގެ ފުރައްސާރަ ނަހުލާއަށް!
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން، އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފުރައްސާރަކޮށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ވާހަކަދައްކަވާ އޯޑިއޯއެއް ލީކުވެއްޖެއެވެ.
މީސް މީޑިއާގައި ލީކުކޮށްލާފައިވާ މި އޯޑިއޯގައި ވާހަކަދައްކަވަނީ މިނިސްޓަރު އަލީ ވަހީދާއި، މިނިސްޓަރު ނަހުލާ ކަމަށް ތުހުމަތުކުރެވޭ ދެ މީހެކެވެ.
މި އޯޑިއޯގައި މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ މީހަކު މިނިސްޓަރު ނަހުލާއަށް ގުޅުއްވައި، ގުޅާލީ ހަމަ މިސްވެގެން ކަމަށް ބުނެއެވެ.
ޖަވާބުގައި ނަހުލާ ކަމަށް ބުނާ މީހާ ބުނަނީ އެހެންތޯއޭ ބުނެ، މިއަދު އިރުއެރީ ކޮންކޮޅަކުންތޯ ސުވާލުކުރެއެވެ. ޖަވާބުގައި މިއަދު އިނީ ހަމަ އިރުމައްޗާ ދިމާލަށް އެންޓަނާއަކަށް ދިދަ ނަގައިގެން ކަމަށް ބުނެއެވެ.
ނަހުލާ ކަމަށް ތުހުމަތު ކުރެވޭ މީހާ ދެން ހަދަންވީ ކިހިނެއްތޯ ސުވާލު ކުރުމުން ނަހުލާ އިންނެވީ ކޮންތަނެއްގައިތޯ ސުވާލުކޮށް، އޮފީހަށް ދިޔަޔަސް އެންމެ ރަގަޅުތޯ ނަހުލާ ގާތު އަހައެވެ. ޖަވާބުގައި އެންމެ ރަގަޅު ކަމަށް ބުނެ، ފަނަރަ މިނެޓް ފަހުން އޮފީސް ބައްދަލުވުމެއް ފަށާނެ ކަމަށް ނަހުލާ ކަމަށް ބުނާ މީހާ ބުނެއެވެ.
ނަމަވެސް މީޓިން ނިންމާފައި ވިޔަސް ބައްދަލުކުރަން އެދޭ ކަމަށް އަލީ ވަހީދު ކަމަށް ބުނާ އެމީހާ ބުނެފައިވެއެވެ. އެވަގުތު ނަހުލާ އޯކޭ އޭ ބުނެ، މިއަދު އިރުއެރީ ރަގަޅަށް ނޫން ކަން ޔަގީންވާ ކަމަށް އަނެއްކާވެސް ބުންޏެވެ.
މި އޯޑިއޯ ލީކުވެފައިވާ އިރު، އަލީ ވަހީދު އެކަމަށް އިންކާރު ކުރެއެވެ. އަދި އޭގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ނިސްބަތްކުރައްވައި ހަޑިހުތުރު ބަހުން އަލީ ވަހީދު ވާހަކަދައްކަވާ އޯޑިއޯއެއްވެސް ވަނީ ލީކުކޮށްލާފައެވެ.
މި އޯޑިއޯތަކަށް އިންކާރު ކުރެއްވުމަކުން އަދި ނުފުދެއެވެ. މި އޯޑިއޯގެ މައްސަލަ ތަހުގީގު ކޮށް، އޯޑިއޯގައި ވާހަކަ ދައްކާފައިވާ ބަޔަކު ހޯދަން ޖެހެއެވެ. ދައުލަތުގެ އެންމެ އިސް މަގާމުތަކުގައި ތިއްބަވާ ވެރިންގެ ފަރާތުން މިކަހަލަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އޯޑިއޯގެ މައްސަލަ ތަހުގީގުކޮށް، ހަގީގަތަކަށް ވެއްޖެނަމަ، ތުހުމަތުކުރާ ދެ ވަޒީރުން މަގާމުން ދުރުކުރަން ޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް