ރޯދަ މަހު އައިޖީއެމްއެޗްއިން ހިދުމަތް ފޯރުކޮށްދޭ ގަޑިތައް އާއްމުކޮށްފި
މިއަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު އައިޖީއެމްއެޗް ހޮސްޕިޓަލުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާއްމުކޮށްފި އެވެ.
އައިޖީއެމްއެޗް އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ، މި އަހަރުގެ ރަމަޟާންމަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތްދުވަހު މި ހޮސްޕިޓަލުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަންނަނިވި ގަޑިތަކުގައި ކަމަށެވެ.
ޝްޕެޝަލިސްޓް އޯ.ޕީ.ޑީ ކޮންސަލްޓޭޝަން:
09:00 ން 16:00 އަށް
ލެބޯޓްރީގެ ޚިދުމަތްތައް:
ޓެސްޓްތައް ހެދުން: 08:00 ން 17:00 އަށް
ކައިގެން ދެގަޑިއިރުފަހުން ހަދާ ލޭގެ ޓެސްޓްތައް ހެދުން: 20:00 ން 22:00 އަށް
ރޭޑިއޮލޮޖީ ޑިޕާރޓްމަންޓް:
އަލްޓްރާސައުންޑް ސްކޭން- 09:00 ން 15:00 އަށް
ސީޓީ ސްކޭން - 09:00 ން 15:00 އަށް
އެކްސްރޭ – 08:00 ން 15:30 އަށް
އެމް.އާރް.އައި – 08:00 ން 21:00 އަށް
އީ.ސީ.ޖީ: 08:30 ން 14:30 އަށް
ޕިޒިއޯތެރަޕީ: 08:00 ން 14:30 އަށް
މިފަދަ ހިދުމަތްތަކަށް ގަޑިތައް ކަނޑައަޅާފައިވީ ނަމަވެސް، ޓްރޯމާ އެންޑް އިމަރޖެންސީގެ ހިދުމަތް 24 ގަޑިއިރު ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ކަލަންޑަރުގައި ވާގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުަވަހަކަށް ވާނީ މި މަހުގެ 23 ވަނަ ދުވަހެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް