އޯރިއޯ ކޭކު
އޯރިއޯ ކޭކު
ލައިފްސްޓައިލް 16 Apr 2023 | 06:55

މިއީ އޯރިއޯ މީރު މީހުން އަޖުމަ ބަލާލަން ކޮންމެހެންވެސް ޖެހޭ ކޭކެއް!

އޯރިއޯ އަކީ ވަރަށް މީރުކޮށް ތަފާތު ފޮނި ބާވަތްތައް ތައްޔާރު ކޮށްލުމަށް ބޭނުން ކުރެވޭ މީރު ބިސްކޯދެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް އޯރިއޯ ކޭކެއް އަޅާލާނެ ގޮތެވެ.

ބޭނުންވާ ތަކެތި

1 ½ ޖޯޑު ފުއް

28 އޯރިއޯ ބިސްކޯދު (ކްރީމް ވަކިކޮށް މުގުރާފައި)

1 ސައިސަމުސާ ބޭކިން ޕައުޑަރު

1 ޖޯޑު ދިޔާ ކިރު

1/2 ކޮކޯ ޕައުޑަރ

3 މޭޒުމަތީ ސަމުސާ ބަޓަރު

1 ޖޯޑު ހަކުރު

1 ދަޅު ނެސްލޭ ކްރީމް

3 ބިސް

¼ ސައިސަމްސާ ލޮނު

1 ސައި ސަމުސާ އެސެންސް

1/2 ޖޯޑު ޗޮކްލެޓް ޗިޕްސް (ޓޮޕިންގްސް ހަދަން)

ތައްޔާރުކުރާނެ ގޮތް

1) ފުށާއި ކޮކޯ ޕައުޑާރ، ބޭކިން ޕައުޑަރާއި ލޮނު ފުރާނާލާށެވެ. އެއަށްފަހު މުގުރާފައި ހުރި އޯރިއޯ ބިސްކޯދުތަށް އަޅާލުމަށްފަހު ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮއްލާށެވެ.

2) ދެން ހޭންޑް މިކްސަރެއް ބޭނުން ކޮށްގެން ބަޓަރާއި ހަކުރު ރަނގަޅަށް (ފުފެންދެން) އެއްކޮށްލާށެވެ. އެއައްފަހު އޭގެތެރެއަށް ބިހާއި އެސެންސް އެޅުމައްފަހުވެސް ރަނގަޅަށް ގިރާލާށެވެ.

3) އެއްކުރި މިކްސްޗަރ ގެ ތެރެއަށް ކުރި ތައްޔާރު ކުރި ފުށް މިކްސްޗަރ މަޑުމަޑުން އަޅަމުން އެކުލަވަމުންދާށެވެ.

4) އެއްކޮށް ފުށް މިކްސްޗަރ އަޅާ ނިމުމުން އޭގެ ތެރެއަށް ކިރު ޖޯޑު އަޅާލުމަށްފަހު ނެސްލޭ ކްރީމް ވެސް އަޅާލާށެވެ.

5) އެއަށްފަހު ޓްރޭއެއްގައި ތެޔޮ ނުވަތަ ބަޓަރު ހާކައި ފުއްކޮޅެއް ހާކާލުމަށްފަހު ގިރާފައި ހުރި ކޭކު ފުއްގަނޑު ޓްރޭގެ ތެރެއަށް އެޅުމަށްފަހު އަވަނަށް ލައި 180 ޑިގްރީގައި 45 މިނެޓް ވަންދެން ފިހެލާށެވެ. ފިހެ ނިމުމުން ކޭކު ހިހޫ ކުރަން ބަހައްޓާށެވެ.

6) ޓޮޕިންގްސް ތައްޔާރު ކުރުމަށް ތެއްޔަކަށް ކެކިކެކި ހުރި ހޫނުފެން އަޅާފައި އޭގެ މަތީގައި ބިއްލޫރި ތައްޓެއް ބަހައްޓައި ޗޮކްލެޓް ޗިޕް ކޮޅު ވިރެންދެން 1 ސައި ސަމުސާ ބަޓަރާއި އެކު އެއްކުރާށެވެ. މިކްސިން ބޯލް ބަހައްޓާނީ ފެނުގައި ނުޖެހޭ ވަރަށެވެ.

7) ދެން އޭގެ ތެރޭއަށް 6 އޯރިއޯ ބިސްކޯދުގެ ކްރީމް ގަނޑު އެޅުމަށްފަހު ރަނގަޅަށް އެކުލަވާލުމަށްފަހު ކުޑަކޮށް ހިހޫ ވުމުން ކޭކު މަތީގައި އުނގުޅާލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...