ކަސްޓަރޑް-- ފޮޓޯ/ އިންޓަނެޓް
ކަސްޓަރޑް-- ފޮޓޯ/ އިންޓަނެޓް
ލައިފްސްޓައިލް 16 Jun 2023 | 03:55

އާދައިގެ ކަސްޓަރޑް އަށްވުރެ މިގޮތަށް މިލްކީ ކަސްޓަރޑް ހެދުމުން މާ މީރު ވާނެ!

ކަސްޓަރޑް އަކީ މާ ބޮޑު ޚަރަދެއް ކޮށްލުމެއްނެތި، ފަސޭހަ ކަމާއި އެކުގައި ތައްޔާރު ކޮށްލެވޭ މީރު ފޮނި ބާވަތެކެވެ. ހުކުރު ދުވަހު ގޭގޭގެ ސުފުރާމަތި ފަޅު ފިލުވާލުމަށް ވަރަށް ގިނައިން ތައްޔާރުކޮށްވެސް އުޅޭ އެއްޗެކެވެ.

ބޭނުންވާ ތަކެތި

4 1/2 މޭޒުމަތީ ސަމުސާ ކަސްޓަރޑް

1 ދަޅު ގެރި ގިރު

1 ޕެކެޓެ ފުލް ކްރީމް މިލްކް

3 އިންޗީގެ 2 ރާނބާފަތް ކޮޅު

1 ޖޯޑު ކަނަމަދު (ދިގަށް ވާގޮތަށް ކޮށާފައި) ނުވަތަ ކުޑަ ފުރުޓް ކޮކްޓެއިލް ދަޅެއް

4 ޖޯޑު ފެން

ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

1) ތެލީގެ ތެރޭގައި ކަސްޓަރޑް އާއި ފެން ރަނގަޅަށް ގިރާލުމަށްފަހު ރާނބާފަތްކޮޅު އަޅާލާފައި ކައްކަން އުދާށެވެ. ކައްކާނީ މެދު ގިނީގައެވެ.

2) ކަސްޓަރޑް ކެކި އޮލަވާން ފެށުމުން ގެރި ކިރާއި، ފުލްކްރީމް މިލްކް އަޅާލާށެވެ. އަނެއްކާވެސް އޮލަ ވަންދެން ކައްކާލާށެވެ.

3) އޮލަވުމުން ރާނބާފަތްކޮޅު ނަގާލާށެވެ. ދެން ކަނަމަދު ކޮޅުގެ ބޮޑުބައި އަޅާލުމަށްފަހު ވެނީލާ އެސެންސް އަޅާފައި ރަނގަޅަށް އެކުލަވާލާށެވެ. ރަހަ ބަލާލުމަށްފަހު ފޮނި މަޑު ނަމަ، ހަކުރު ކޮޅެއް އަޅާލުމަށްފަހު އަނެއްކާވެސް އެކުލަވާލާށެވެ.

4) އެއަށްފަހު އުނދުން ނިއްްވާލާފައި ޓްރޭއަށް ކަސްޓަރޑް އަޅާލުމަށްފަހު ބާކީ ހުރި ކަނަމަދު ކޮޅު މައްޗަށް ބުރުވާލާށެވެ.

5) ދެން ކަސްޓަރޑް ހިހުވޭ ސެޓްލް ވުމުން ފިނިކޮށްލައިގެން ކާލަންވީއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...