އިމްރާނު ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
އިމްރާނު ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު 16 Jul 2023 | 04:03

ރައީސް ޞާލިހު އުޅުއްވަނީ މާ ކުރީގައި، ދެން އަރާ ހަމަ ނުކުރެވޭނެ: އިމްރާނު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އުޅުއްވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް ވުރެ މާ ކުރީގައި ކަމަށާއި، މި އިންތިޚާބުގައި އެމަނިކުފާނާއި އަރާ ހަމަ ނުކުރެވޭނެކަމަށް ހޯމް މިނިސްޓަރު އަދި ސަރުކާރުގެ ކޯލިޝަން ޕާޓުނަރު އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުالله ވިދާޅުވެއްޖެ އެވެ.

އިމްރާނު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޞާލިހު މ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި މ މުލަކުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ.

އިމްރާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާގެ ކެމްޕޭނު ފެށި ރަށްތަކަށް ދަތުރުފުޅު ފައްޓަވާ ރައްޔިތުންނާއި ބައްދަލުކުރުމާއި ވައުދުފުޅުތައް ވިދާޅުވަމުން ގެންދިއުމުގެ މަސައްކަތްތައް ކުރައްވަމުން ދަނީ އެހެން ކެންޑީޑޭޓުންނަށް ވުރެ މާ ބާރު ސްޕީޑުގައި ކަމަށެވެ.

އިންތިޚާބުގައި ރައީސް ޞާލިހު މިހާރު ހުންނެވީ އެހެން ހުރިހާ ކެންޑިޑޭޓުންނަށް ވުރެ މާ ކުރިއަށް ވަޑައިގެންފައި ކަަމަށާއި، ދެން އޮތީ އެ ސްޕީޑު ހިފަހައްޓާލައިގެން ގޮސް އިންތިޚާބު ކާމިޔާބުކުރުން ކަމަށް އިމްރާނު ވިދާޅުވި އެވެ.

"ކޮންމެ ރަށަކަށް އަރާ ރައީސް ރައްޔިތުންނާއި ބައްދަލުކުރައްވާ، މިހާރު ކޮށްދެއްވާފައި ހުރި ކަންތައް ކިޔާދެއްވާ ދެން ކުރައްވަން ގަސްދުކުރައްވާ ކަންތައް ކިޔައިދެއްވާ ރާއްޖެއަށް ތިޔަ ގެންނަވަން ގަސްދުކުރާ ބޮޑު ބަދަލުގެ ވާހަކަ ވިދާޅުވެދެއްވާ، ރާއްޖޭގެ އިޤްތިޞާދު ދެގުނަ ކުރައްވާނެކަމަށް ވިދާޅުވެދެއްވާ، މި ހުރިހާ ކަމެއްގެ ވާހަކަ ރައްޔިތުންނަށް ހިއްސާކުރެއްވީމާ ރައީސް ތިޔަ ހުންނެވީ އެހެން ކެންޑިޑޭޓުންނަށް ވުރެ މާ ކުރިއަރާފައި އެނގޭތޯ! ދެން އަރާ ހަމަ ނުކުރެވޭނެ އިނގޭތޯ! އަރާ ހަމައެއް ނުކުރެވޭނެ. އެއްވެސް ކެންޑިޑޭޓަކަށް ރައީސްއާއި އަރާ ހަމައެއް ނުކުރެވޭނެ"

ހޯމް މިނިސްޓަރު އިމްރާނު

މ އަތޮޅަށް ރައީސް ޞާލިހު އަރިހުގައި ކުރެވުނު ދަތުރުގެ ތަޖުރިބާއަށް ބަލާއިރު ރައްޔިތުންގެ ވިސްނުމަށް އައިސްފައިވާ ބޮޑު ބަދަލު ފާހަގަކުރެވުނުކަމަށް އިމްރާނު ވިދާޅުވި އެވެ.

އެގޮތުން މާޒީގައި އެމްޑީޕީއަށް ވޯޓު ހޯދަން އުނދަގޫވި ރަށްތަކުގެ ޗާޓު މިއަދު ވަނީ ބަދަލުވެފައިކަމަށާއި، ރައީސް ޞާލިހުގެ ވެރިކަމުގައި ރައްޔިތުންގެ ހިތްތައް ހުޅުވާލާ، އެ ރައްޔިތުންގެ ހިތްތައް ކާމިޔާބު ކުރައްވާފައިވާކަމަށް އިމްރާނު ވިދާޅުވި އެވެ.

އެކަންކަން ފާހަގަކުރައްވާ އިމްރާނު ވިދާޅުވީ މ އަތޮޅުން ރައީސް ޞާލިހަށް 60 ޕަސެންޓު ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.