ރައީސް ޞާލިޙް މަޑުވަރިއަށް ވަޑައިގަތުން. ފޮޓޯ:އެމްޑީޕީ
ރައީސް ޞާލިޙް މަޑުވަރިއަށް ވަޑައިގަތުން. ފޮޓޯ:އެމްޑީޕީ
ހަބަރު 16 Jul 2023 | 08:19

ރައީސް ޞާލިޙް މަޑުއްވަރިއަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މ އަތޮޅަށާއި ވ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ މަޑުވަރިއަށް ވަޑައިގެންފިއެވެ.

ރިޔާސީ ކެމްޕޭނަށް މިކުރައްވާ ދަތުރުފުޅުގައި މަޑުއްވަރީގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެއެވެ. އަދި އެރަށު ބަނދަރުގައި ރައްޔިތުންނާއި އެކު ބާއްވަވާ ޖަލްސާއެއް އޮންނާނެއެވެ.

ރައީސް މ އަށާއި ވ އަށް މިކުރައްވާ ދަތުރުފުޅުގައި އިއްޔެ ވަނީ މ ކޮޅުފުށި ނާލާފުށި، މުލި، އަދި މުލަކަށް ވަޑައިގެންފައެވެ.

އެރަށް ރަށަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ކުރިއަށް އޮތް ދައުރުގައި ކޮންމެ ރަށެއްގައި ކުރައްވަން ކަނޑައަޅުއްވައިފައިވާ ކަންކަން ވަނީ ވިދާޅުވެދެއްވައިފައެވެ.

މީގެ އިތުރުން އެރަށްރަށުގައި ނިމިފައިހުރި ތަރައްޤީގެ މަޝްރޫޢޫތައް ވަނީ އިފްތިތާޙް ކޮށްދެއްވަވާފައެވެ.

އެގޮތުން ކޮޅުފުށީ ފެނުގެ ނިޒާމް އިފްތިތާޙް ކޮށްދެއްވައިފައެވެ. އަދި  އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުންވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.

މީގެ އިތުރުން މ. އަތޮޅު މަދަރުސާގެ މަލްޓި ޕާޕޯސް ހޯލާއި އާ އަށް ކްލާސް ރޫމްގެ އިމާރާތް ހުޅުއްވައިދެއްވައިފައިވެއެވެ.

ނާލާފުއްޓަށް ވަޑައިގެން އެރަށު ފެނަކަ އިންޖީނުގެ ހުޅުވައިދެއްވައިފައިވެއެވެ. މުއްޔަށް ވަޑައިގެން އެރަށު ގައި ގާއިމް ކޮށްފައިވާ ފެނުގެ ނިޒާމްގެ ޢަމަލީ މަސައްކަތުގެ ނިމުން ފާހަގަ ކޮށްދެއްވައިފައިވެސް ވެއެވެ. އަދި މުލަކަށް ވަޑައިގެން އެރަށު ހެލްތް ސެންޓަރުގެ އެކްސްޓެންޝަން ހުޅުވައިދެއްވައިފައިވެއެވެ.

މ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ މ ވޭވަކަށެވެ. އެއަށް ފަހު ރަތްމަންދޫ އަށް ވަޑައިގެންފައިވެއެވެ.

މ. އަތޮޅު ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޞާލިހު ދެން ވަޑައިގަންނަވާނީ ވ. އަތޮޅަށެވެ.

ވ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޞާލިޙް މިދިޔަ ހަފްތާގައި ވަނީ ށ. އަދި ކ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.