ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިރަސްމިއްޔާތު ބާއްވައިފައިވަނީ މިއަދު ހެނދުނު 6:00ގައެވެ.
މިރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެދެބޭފުޅުން ރަސްމިއްޔާތަސް ވަޑައިގަތުމުން އެދެބޭފުޅުންގެ އިސްތިޤްބާލުގައި ތިއްބެވީ ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲ އާއި ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީއެވެ.
މިރަސްމިއްޔާތުގައި ޤައުމީ ދިދަ ނެގުމުގެ އިތުރުން ދުވަހާއި ގުޅޭ ދުޢާއެއްވެސް ކޮށްފައިވެއެވެ.
ޤައުމީ ދުވަހަކީ އައްސުލްޠާން ގާޒީ މުހައްމަދު ތަކުރުފާނުލް އައްޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާ ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހު ފާހަގަ ކުރާ ދެވަހެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް