މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ހުރިހާ ސުކޫލްތަކާއެކު ވަދާއީ ބައްދަލުވުމެއް ބާއްވައިފި
މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ، ރާއްޖޭގެ ހުރިހާ ސުކޫލުތަކެއްގެ މުވައްޒިފުންނާއި ވަދާއީ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު 11:30 ގައި އޮންލައިންކޮށެވެ.
މި ބައްދަލުވުމުގައި ވޭތުވެދިޔަ ފަސް އަހަރު ހުރިހާ މުވައްޒަފުން ކޮށްދެއްވި މަސައްކަތްތަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. އަދި މި ދައުރުގައި އެކުލަވާލެވުނު ކަންތައްތަކާއި އުސޫލުތައް ތަންފީޒުކޮށްދެއްވަމުން ގެންދެވުމަށް އެދިވަޑައިގަތެވެ.
އަދި ކޮވިޑް 19 ގައި އުނދަގޫ ހާލަތުގައި، ދަރިވަރުންނާއި ބެލެނުވެރީން އަދި މުވައްޒަފުން، ދެއްކި ހިއްވަރާއި ފަންވަރަށް ހިތުގެ ފުންމިނުން ޝުކުރު އަދާކޮށް ޤާބިލު ޓީމަކާއެކު މަސައްކަތްކޮށްލަން ލިބުނީތީ އެކަމާ ފަޚުރުވެރިވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ، މިނިސްޓަރު ކަމުން ވަކިވި ނަމަވެސް ތައުލީމީ ދާއިރާއަށް ޚިދުމަތްކުރަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް