ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ލަންކާގެ ރައީސް ރަނިލް ރާއްޖެ ވަޑައިގަންނަވައިފި
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް މިއަދު ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހު ރާއްޖެއަށް ވަޑައިގެންފިއެވެ.
ރަނިލް ރާއްޖެ ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަނިލް އަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އާއި ކުރީގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.
މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ގައުމެއްގެ އެންމެ އިސްވެރިޔަކީ ރަނިލް އެކަންޏެވެ. އެހެން ގައުމުތަކުން މި ރަސްމިއްޔާތަށް ފޮނުއްވީ މަންދޫބުންނެވެ. އެގޮތުން އަވަށްޓެރި އިންޑިއާ އިން މި ރަސްމިއްޔާތަށް ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މަންދޫބެއްގެ ގޮތުގައި ފޮނުއްވީ އެގައުމުގެ ސައިންސް މިނިސްޓަރެވެ.
އިންތިހާބީ ރައީސް އާއި ނައިބު ރައީސް މަގާމުގެ ހުވާ ކުރައްވާނީ މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް