މެގްނަމް ޕުޑިން--ފޮޓޯ/ގޫގުލް
މެގްނަމް ޕުޑިން--ފޮޓޯ/ގޫގުލް
ލައިފްސްޓައިލް 16 Dec 2022 | 04:59

މިއަދު މެންދުރަށް މިގޮތަށް މެގްނަމް ޕުޑިން ހަދާލަން ކިހިނެއް ވާނެ؟

ހުކުރު ދުވަހު މެންދުރު މީރުކޮށް ކެއުމަށްފަހު އަނގަ ފޮނި ކޮށްލުމަށް ކޮންމެވެސް އެއްޗެއް ކެއުމަކީ ގިނަ މީހުން ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 'ވޮއިސް' ގެ ބަދިގެއިން މި ހުކުރު ގެނެސްމިދޭ ރެސިޕީ މި ޚާއްސަ ކޮށްލަނީ އެފަދަ ފަރާތްތަކަށެވެ.

ބޭނުންވާ ތަކެތި

ޕެކެޓް މާރީ ބިސްކޯދު

1 ދަޅު ގެރި ކިރު

2 ބިސް

4 ސައި ސަމްސާ ޒުވާރީ ފުށް

1 ޕެކެޓް ފުލްކްރީމް މިލްކް (ބޮޑު)

1 ޗޮކްލެޓް (ބޮޑު)

ތައްޔާރުކުރާނެ ގޮތް

1) އެންމެ ފުރަތަމަ ގެރިކިރު، ބިސް، އަދި ޒުވާރީ ފުށް ކުޑަ ފުލްކްރީމް މިލްކް ފޮދެއް އަޅައިގެން މިކްސަރުން ރަގަނޅަށް ގިރާލާށެވެ.

2) ދެން ތެއްޔަކަށް ފުލްކްރީމް މިލްކް ޕެކެޓްގެ ބާކީބައި އެޅުމަށްފަހު ހޫނު ކޮށްލާށެވެ.

3) އެއަށްފަހު ރަނގަޅަށް ހޫނުވުމުން ކުރިން ގިރާފައިވާ ބައި ތެއްޔަށް އެޅުމަށް ފަހު މަޑުމަޑުން ހަލުވަމުން ގެންދާށެވެ.

4) ދެން އެ މިކްސްޗަރ އޮލަވުމުން އުނދުން ނިއްވާލުމަށްފަހު، ޓްރޭގެ ފުލުގައި އެއިން އެތިކޮޅެއް ރީތިކޮށް އަތުރާލާށެވެ.

5) ދެން އޭގެ މަތީގައި ބިސްކޯދު އަތުރާލުމަށްފަހު އަނެއްކާވެސް ޕުޑިން މިކްސްޗަރ އަޅައި އަތުރާލާށެވެ.

6) މިގޮތަށް އަދި އެއް ފަށަލަ ހަދާލާށެވެ. އެންމެ މަތީގައި އިންނަން ވާނީ ޕުޑިން މިކްސްޗަރ ގެ ފަށަލައެކެވެ.

7) އެއަށްފަހު އޭގެ މައްޗަށް ޗޮކްލެޓް ގާނާށެވެ. ދެން އައިސް އަލަމާރީގައި ކުޑަކޮށް ފިނިކޮށްލަން ބަހައްޓާށެވެ. މިހާރު އެހުރީ މެގްނަމް ޕުޑިން ތައްޔާރު ވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...